ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމަށްޓަކައި ފީނެގުމާގުޅޭ

ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާބެހޭ ގަވާއިދު ނަންބަރު 2022/R-181 (30 އޮކްޓޯބަރ 2022)ގެ 5 ވަނަ މާއްދާ އަދި 9 ވަނަ މާއްދާގެ (ހ) އާއި ގުޅިގެން، ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމަށްޓަކައި، އެގޯތި ރަޖިސްޓްރީ ކޮށްދީފައިވާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭ ބިން އަމިއްލަކުރުމުގެ އަގަކީ އަކަފޫޓަކަށް -/50ރ (ފަންސާސް ރުފިޔާ) ކަމުގައި ކަނޑައަޅައި، މި ފައިސާ 30 ނޮވެމްބަރު 2022 ވާ ބުދަ ދުވަހުން ފެށިގެން ސިޓީ ކައުންސިލަށް ބަލައިގަތުމަށް، ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 79 ވަނަ ޢާންމު ބައްދަލުވުމުންވަނީ ނިންމާފައެވެ.

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

01 ޑިސެންބަރު 2022
ހޯދާ