އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޖަލުތަކުގައި ހިނގާފައިވާ އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތަކާއި، ލާއިންސާނީ ދަށުދަރަޖައިގެ ޢަމަލުތަކާއި އަނިޔާތަކުގެ މައްސަލަތަކާ ގުޅޭ ކްލޯޒްޑް ހިއަރިންގައި ބަޔާންދިނުމަށް އެދި ނަން ނޯޓުކުރުމުގެ މުއްދަތު އިތުރުކުރުން

މި އޮފީހުގެ ނަންބަރު IUL)486-MPR/1/2022/46) (15 ނޮވެންބަރު 2022) އިޢުލާނާ ހަވާލާދީ ދަންނަވަމެވެ. 01 ޖަނަވަރީ 1953 އިން ފެށިގެން 17 ނޮވެންބަރު 2018ގެ ނިޔަލަށް ދިވެހިރާއްޖޭގެ ޖަލުތަކުގައި ހިނގާފައިވާ އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތަކާއި، ލާއިންސާނީ ދަށުދަރަޖައިގެ ޢަމަލުތަކާއި އަނިޔާތަކާ ބެހޭގޮތުން ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ޢާންމުކޮށް ހުޅުވާނުލައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ އަޑުއެހުންތަކުގައި ބަޔާންދިނުމަށް އެދި ނަން ނޯޓުކުރުމުގެ މުއްދަތު އިތުރުކުރުމަށް މި އޮފީހުން ވަނީ ނިންމައިފައެވެ.

ވީމާ، ބަޔާންދިނުމަށް ބޭނުންވާ ފަރާތްތަކުން 08 ޑިސެންބަރު 2022 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ މަޢުލޫމާތުތައް މި އޮފީހާ ޙިއްސާކޮށްދެއްވުން އެދެމެވެ.

  1. ފުރިހަމަ ނަން
  2. އައިޑީ ކާޑު ނަންބަރު
  3. ގުޅޭނެ ނަންބަރު
  4. ދާއިމީ އެޑްރެސް
  5. މިހާރު ދިރިއުޅޭ އެޑްރެސް
  6. މިކަމާ ގުޅޭ މަޢުލޫމާތު ދެވިދާނެ ހައިސިއްޔަތު ނުވަތަ މަޢުލޫމާތު އެނގޭ ގޮތް

މިގޮތުން، މި އޮފީހުގެ ނަންބަރު 7223473އަށް ފޯނުން ގުޅައި، ނުވަތަ އެސް.އެމް.އެސް މެދުވެރިކޮށް އަދި [email protected]  އަށް އީމެއިލް ކުރައްވައިގެންވެސް މި މަޢުލޫމާތުތައް ހިއްސާކުރެވޭނެ ވާހަކަ ދަންނަވަމެވެ.

07 ޖުމާދުލްއޫލާ 1444

01 ޑިސެންބަރު 2022
ހޯދާ