މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިޓީލައި ނީލަމުގައި ވިއްކުން

މިރަށު ހުޅަގުކޮޅު ހިއްކި ސަރަހައްދުގައިހުރި ކާނިގަހުލަކުޑިފުންޏެއް ސިޓީލައި ނީލަމުގައި ވިއްކާލަން ބޭނުންވެއްޖެއެވެ. މިތަކެތި ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން ހުށައަޅާ އަގު ބަޔާންކޮށް 01 ޑިސެމްބަރ 2022 ވާ ބުރާސްފަތި ދުވަހުން ފެށިގެން  ރަސްމީ ދުވަސްތަކުގެ 13:00ގެ ކުރިން މި އިދާރާއަށް ސިޓީ ހުށައެޅުއްވުން އެދެމެވެ.

                        ކޮންމެ ދުވަހެއްގައި ހުށައަޅާ އެންމެ މަތީ އަގު އެ ދުވަހެއްގެ 14:00ގެ ފަހުން މި އިދާރާ ނޯޓިސް ބޯޑުގައި   އާންމު ކުރެވޭނެއެވެ. ނީލަމަށް ހުޅުވާލާތާ ރަސްމީ 7 (ހަތެއް) ދުވަސް ތެރޭގައި ޖެހިޖެހިގެން ރަސްމީ ތިންދުވަހު އެއް އަގެއް ހުށައެޅިފައި ވާނަމަ އެފަރާތަކަށް ނީލަން ކާމިޔާބު ވާނެއެވެ. އެއް އަގެއް އެއްފަރާތަކަށްވުރެ ގިނަފަރާތަކުން ހުށައަޅައިފިނަމަ އާންމު ކުރެވޭނީ ފުރަތަމަ ހުށައެޅި ފަރާތުގެ އަގެވެ. ނީލަން ކާމިޔާބު ވިކަން އަންގާތާ ރަސްމީ 02 ދުވަހުގެ ތެރޭގައި ނީލަން ފައިސާ މިއިދާރާގެ ނަމްބަރ 7719700442001 (ރެވެނިއު 01  1357) އެކައުންޓަށް ޓްރާންސްފަރ ކުރެއްވުމަށްފަހު ފައިސާ ދައްކާ ޚަލާސްކުރިތާ 10 ދުވަހުގެ ތެރޭގައި އެތަކެތި ނަގާ ބިންސާފުކުރަން ވާނެއެވެ. މިމުއްދަތުގެ ތެރޭގައި ތަކެތި ނަގާ ބިންސާފު ނުކޮށްފިނަމަ މިތަކެތި ނައްތާލެވޭނެ ވާހަކަވެސް ދަންނަވެމެވެ. ފައިސާ ޓްރާންސްފަރ ކުރައްވާއިރު ޓްރާންސްފަރ ސްލިޕްގެ ރިމާކްސްގައި ނީލަމުގައި ތަކެތި ނެންގެވި ފަރާތުގެ ނަމާއި އެޑްރެސް ލިޔުއްވުމަށްފަހު ސްލިޕް ކޮޅު މިއިދާރާގެ ނަމްބަރ 9711825 އަށް ވައިބަރ ކުރެއްވުމަށް ދަންނަވަމެވެ.

-          ކާނި ފުނި ނީލަން ފެށޭއަގު: -/5000 (ފަސްހާސް) ރުފިޔާ

                        ނީލަމުގައި ކޮންމެ ފަހަރަކުވެސް މަދުވެގެން އިތުރު ކުރެވޭނީ -/500ރ (ފަސްސަތޭކަ) ރުފިޔާ އެވެ.ނީލަމުގައި ބައިވެރިވެ ފުރަތަމަ ސިޓީ ފޮނުއްވާއިރު ނީލަމުގައި ބައިވެރިވާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑުރެސް، ދިރިއުޅޭ އެޑުރެސް، އައިޑީކާޑު ނަމްބަރު، ފޯންނަމްބަރު ސިޓީގައި ހިމަނަންވާނެއެވެ. އަދި އައިޑީ ކާޑުގެ ދެފުށުގެ ސާފު ކޮޕީއެއް ހުށައަޅަންވާނެއެވެ.އިތުރު މަޢުލޫމާތު ހޯދުމަށް ރަސްމީގަޑީގައި މި އިދާރާގެ ނަމްބަރ 6600004 ފޯނަށް ގުޅުއްވުން އެދެމެވެ.

                        ވީމާ، ވީހާވެސް ގިނަފަރާތްތަކުން މިނީލަމުގައި ބައިވެރިވެ ލެއްވުމަކީ މިކައުންސިލްގެ ވަރަށްބޮޑު އެދުމެކެވެ.

                        މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

30 ނޮވެންބަރު 2022
ހޯދާ