ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތަކެތި ނީލަން ކިޔުމާއި ބެހޭ

މިރަށު މަސްޖިދުލްޢަމަލް މިސްކިތާއި މަސްޖިދުއް ޞަލާޙްމިސްކިތާއި ކައުންސިލްގެ އިދާރާއިން ނަގާފައިހުރި ތަކެތީގެ ނީލަންކިޔުން 07 ޑިސެމްބަރ 2022 ވާ ބުދަ ދުވަހުގެ 10:00 ގައި ކައުންސިލް އިދާރާގެ ދެކުނުފަރާތު ގޯތިތެރޭގައާއި މަސްޖިދުއް ޞަލާޙްމިސްކިތު ގޯތިތެރޭގައާއި މަސްޖިދުލްޢަމަލް މިސްކިތުގެ ގޯތިތެރޭގައި އޮންނާނެއެވެ. ވީމާ، ވާހާގިނަ ފަރާތްތަކަކުން މިނީލަމުގައި ބައިވެރިވެ ދެއްވުމަކީ މިކައުންސިލް އިދާރާގެ ވަރަށްބޮޑު އެދުމެކެވެ ތަކެތި ނީލަމުން ނަންގަވާ ފަރާތްތަކުން ވަގުތުންފައިސާ ދައްކަވަންޖެހޭނެއެވެ. އަދި، ނީލަމުންނަންގަވާ ތަކެތީގެ ފައިސާ ކައުންސިލްއިދާރާއަށް ދެއްކެވުމަށް ފަހު ނީލަމުންނެންގެވި ތަކެތި 03 ދުވަހުގެތެރޭ ތަނުންނެރެ ބިންސާފު ކުރައްވަންވާނެއެވެ. އަދި، މިމުއްދަތުގެ ތެރޭގައި ނުގެންދަވާހުރި ތަކެތި ނައްތާ ލެވޭނެއެވެ. މިސްކިތްތަކުން ނަގާފައިވާތަކެއްޗާއި އެހެނިހެން ތަކެތި ތިރީގައި މިދަންނަވަނީއެވެ.

1 ދިޔަދޮވި ޓިނުން ހަދާފައިވާ (ޞަލާޙްމިސްކިތުން ނަގާފައިވާ)

2 އެއާރކޯން9000 ބީޓީޔޫގެ (ކައުންސިލްގެ އިދާރާއިން ހަލާކުވެގެން ނަގާފައިވާ)

1 ކަޅުހަން 5000 ލީޓަރގެ (ޢަމަލުމިސްކިތުން ހަލާކުވެގެން ނަގާފައިވާ)

1 ގޮނޑި އެގްޒެކެޓިވް(ހަލާކުވެފައީ)

3 މާކަރީލައިޓް (ހަލާކުވެފައި)

31 މަގުލައިޓް ޓިއުބު (ހަލާކުވެފައި)

1 ލޯޑުއިސްޕީކަރު (މަސްޖިދުއްޞަލާޙް މިސްކިތުންހަލާކުވެގެން ނަގާފައިވާ)

16 ފަންކާ ސީލިންގ (މިސްކިތްތަކުން ހަލާކުވެގެން ނަގާފައިވާ)

02 ފަންކާ ފާރުގަ ހަރުކުރާ (މަސްޖިދުއް ޞަލާޙްމިސްކިތުން ހަލާކުވެގެން ނަގާފައިވާ)

10 މަގުހޮޅިބުރި ލެޑް (އެކިއެކި މަގުތަކުން ނުދިއްލިގެން ނަގާފައިހުރި)

ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކާއިޢުލާން ކުރީމެވެ                          

29 ނޮވެންބަރު 2022
ހޯދާ