މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ހދ. އަދި ށ. އަތޮޅުގައި ރިޒޯޓު ތަރައްޤީކުރުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުން

ފަތުރުވެރިކަން ތަރައްޤީކުރުމަށްޓަކައި 2 އަތޮޅެއްގައި ރިޒޯޓު ތަރައްޤީކުރަން ބޭނުންވާ ފަރާތްތަކުން އެކަން ހާމަކޮށް މިމިނިސްޓްރީއަށް ލިޔުމުން ހުށަހެޅުމަށް ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ. މިގޮތުން ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައެޅިފައިވާ އަތޮޅާއި ރަށްތައް ތިރީގައި އެވަނީއެވެ.

  1. ހދ. ދިއްޕަރުފުށި
  2. ހދ. ކަނަމަނަ
  3. ހދ. ކުޑަފަރުފަސްގަނޑު
  4. ހދ. އަތޮޅުގައި އޮންނަ ޖިއޮގްރަފިކަލް ކޯޑިނޭޓްސް Eފ"34'54°72 , Nފ"41'42°6 ހިމެނޭ ފަޅު
  5. ށ. ބޮލިއްސަފަރު

ހދ. ކަނަމަނަ، ހދ. ކުޑަފަރުފަސްގަނޑު އަދި މަތީގައި ބަޔާންކުރެވިފައިވާ ފަޅު ތަރައްޤީ ކުރެވޭނީ އެއް ޕްރޮޖެކްޓެއްގެ ގޮތުގައެވެ.

ޝައުޤުވެރިކަން ހާމަކޮށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  1. ޝައުޤުވެރިކަން ހާމަކުރުމަށް ހުށަހަޅާ ސިޓީ. (މިސިޓީގައި ޝައުޤުވެރިކަން ހާމަކުރާ ފަރާތް ނުވަތަ އެފަރާތް ތަމްސީލުކުރާ ފަރާތެއްގެ ނަން، އެޑްރެސް، ގުޅޭނެ ނަންބަރު އަދި އީމެއިލް އެޑްރެސް ހިމެނެންވާނެއެވެ.)
  2. ޝައުޤުވެރިކަން ހުށަހަޅާ ފަރާތެއްގެ ޕްރޮފައިލް
  3. ޝައުޤުވެރިކަން ހުށަހަޅާ ފަރާތަކީ ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގުމުގައި ތަޖުރިބާ ހުރި ފަރާތެއްނަމަ އެކަން އަންގައިދޭ ލިޔުންތައް.
  4. ޝައުޤުވެރިކަން ހުށަހަޅާ ފަރާތަކީ ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގުމުގެ މާލީ ޤާބިލުކަންހުރި ފަރާތެއްކަން އަންގައިދީ ބޭންކަކުން ނުވަތަ އެފަދަ ފައިނޭންޝިއަލް އިންސްޓިޓިއުޝަނަކުން ދީފައިވާ ލިޔުން. މިލިޔުމަކީ ތިރީގައިވާ ކަންކަން ފުރިހަމަވެފައި އޮންނަ ލިޔުމަކަށް ވާންވާނެއެވެ.
    • ޝައުޤުވެރިކަން ހުށަހަޅާ ފަރާތުގެ ނަމާއި ދާއިމީ އެޑްރެސް.
    • ޝައުޤުވެރިކަން ހުށަހަޅާ ފަރާތުގެ ކިބައިގައި ޓޫރިސްޓް ރިސޯޓެއް ތަރައްޤީ ކުރެވިދާނެކަމުގެ މާލީ ޤާބިލްކަން ހުރިކަމަށް ބޭންކަށް ނުވަތަ ފައިނޭންޝިއަލް އިންސްޓިޓިއުޝަނަށް ޤަބޫލުކުރެވޭކަން.
    • މިލިޔުން ދޫކުރާ ބޭންކަކީ ނުވަތަ ފައިނޭންޝިއަލް އިންސްޓިޓިއުޝަނަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ޤަބޫލުކުރާ ފަރާތަކަށްވުން.

ޝައުޤުވެރިކަން ހުށަހެޅުމުގެ ސުންގަޑި:

ޝައުޤުވެރިކަން ހުށަހަޅުމުގެ ސުންގަޑިއަކީ 04 ޑިސެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 14:00 އާ ހަމައަށެވެ.

މަޢުލޫމާތު ސެޝަން:

މި ބިޑާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަނެއް 27 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 14:00 ގައި މިނިސްޓްރީ އޮފް ޓޫރިޒަމްގައި އޮންނާނެއެވެ.

ޝައުޤުވެރިކަން  ހުށަހެޅުން:

ޝައުޤުވެރިކަން ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި ތިރީގައިވާ ފަދައިން ލިޔެފައި އޮންނަންވާނެއެވެ.

EOI FOR THE DEVELOPMENT OF TOURIST RESORTS IN HAA DHAALU AND SHAVIYANI ATOLL

ސިޓީ އެޑްރެސް ކުރައްވާނީ:

މިނިސްޓްރީ އޮފް ޓޫރިޒަމް

5 ވަނަ ފަންގިފިލާ، ހ. ވެލާނާގެ،

މާލެ، ދިވެހިރާއްޖެ.

ފޯނު ނަންބަރު: 302 2200 960 +، ފެކްސް ނަންބަރު: 3322512 960 +

އީމެއިލް: [email protected] އަށެވެ.

ހުށަހެޅުންތައް ބަލާ ފާސްކުރުން:

ޝައުޤުވެރިކަން ފާޅުކޮށް ހުށަހަޅަންޖެހޭ ލިޔުންތައް ހަމައަށް ހުށަހަޅާފައިނުވާނަމަ އަދި އެފަރާތަކީ ރިޒޯޓް ތަރައްޤީކުރުމުގެ މާލީ ޤާބިލުކަން ހުރިފަރާތެއްކަން އަންގައިދީ، ބޭންކަކުން ނުވަތަ އެފަދަ ފައިނޭޝަލް އިންސްޓިޓިއުޓަކުން ދީފައިވާ ލިޔުމެއް ނެތް ފަރާތެއްކަމަށްވާނަމަ، އެފަރާތެއްގެ ހުށަހެޅުން ބާޠިލުކުރެވޭނެއެވެ. ޝައުޤުވެރިކަން ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ ހުށަހެޅުމުގައި ހިމަނާފައިވާ މަޢުލޫމާތު މިނިސްޓްރީ އޮފް ޓޫރިޒަމުން ބަލައި މިންކުރުމަށްފަހު، އޭގެތެރެއިން ހޮވޭ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ދެވޭނެއެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، ތިރީގައި ދެންނެވިފައިވާ ފަރާތާ ގުޅުއްވުން އެދެމެވެ.

ފަސީހު ޒާހިރު

ސީނިޔަރ ލީގަލް އޮފިސަރ

މިނިސްޓްރީ އޮފް ޓޫރިޒަމް،

5 ވަނަ ފަންގިފިލާ، ހ. ވެލާނާގެ،

މާލެ، ދިވެހިރާއްޖެ.

ފޯނު ނަންބަރު:  3022200 960 +، ފެކްސް ނަންބަރު: 3322512 960 +

faseeh.zahir@tourism.gov.mv :އީމެއިލް

20 ނޮވެންބަރު 2014
ހޯދާ