އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިން ޓަނުގެ ޕިކަޕެއް ހޯދުމާއި ގުޅޭ

އިޢުލާން

ހިމަންދޫ ކައުންސިލަށް ޕިކަޕެއް ސަޕްލައި ކޮށްދޭނޭ ފަރާތެއް ހޯދުމާއި ގުޅޭ

 

 

 

 

ޕިކަޕް ސަޕްލައިކޮށްދޭނޭ ފަރާތެއް ހޯދުން

މި ކައުންސިލަށް 3 ޓަނުގެ ޕިކަޕެއް ސަޕްލައި ކޮށްދޭނޭ ފަރާތެއް ބޭނުންވެއެވެ. ޕިކަޕް ސަޕްލައި ކޮށްދިނުމަށް ސައުޤުވެރިވާ ފަރާތްތަކުން 30 ނޮވެމްބަރ 2022 ވަނަ ދުވަހުގެ 13:00 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނަ ބިޑް ކޮމިޓީގެ ބައްދަލުވުމުގައި ތިރީގައި ހިއްސާ ކުރެވިފައިވާ މަޢުލޫމާތާއި އެއްގޮތައް ބިޑް ފޯމް ހުށަހެޅުމަށް ދަންނަވަމެވެ. އަދި އިސްވެދެންނެވުނު ގަޑީގައި ބިޑް ހެށަހެޅި ފަރާތްތަކުގެ ހާސިރުގައި ބިޑު ކެނޑުންވެސް އޮންނާނެއެވެ.

  1. 1.      އުޅަނދުގެ މަޢުލޫމާތު
  2. ޕިކަޕް ( އެކެއް )
  3. ޓަނޭޖް 3 ( ތިނެއް )
  4. ބްރޭންޑް ، ޓޮޔާޓާ ، އިސުޒު
  5. އުފެއްދި ތާރީޙް 2015 ނުވަތަ އެއައްވުރެ ފަހުގެ ތާރީހެއް
  6. ކުލަ : ހުދު
  7. އިންޖީން ކެޕޭސިޓީ : 3000 ސީސީ ނުވަތަ އެއައްވުރެ މަތި
  8. ހަކަތައިގެ ބާވަތް : ޑީސަލް
  9. ޓްރާންސްމިޝަން ޓައިޕް : މެނުއަލް
  10. ހުންގާނު : ކަނާތްފަރާތު ހުންގާނު
  11. ކޮންޑިޝަން : އައު ނުވަތަ ބޭނުންކޮށްފައި
  12. އެއަރކޮންޑިޝަނަރ : ހީޓް ބްލޯވަރ، ކޮމް ސެޓް
  13. ޑްރަމް ސައިޒް : 16
  14. ރިއަރ ވީލް : ޑުއެލް
  15. ފުރޮޅު : 7 ފުރޮޅު ( ފަހަތްކޮޅު 4 ފުރޮޅު، ކުރީ ކޮޅު 2 ފުރޮޅު އަދި ރިޒާވް 1 ފުރޮޅު )
  16. 2.      އިތުރު މަޢުލޫމާތު
  • މި ޕްރޮޖެކްޓްގައި ސަޕްލައި ކޮށްދޭ ޕިކަޕް، އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ ނަމުގައި ރަޖިސްޓްރީ ކޮށްދޭން ވާނެއެވެ.
  • ރަޖިސްޓްރޭޝަނާއި ފުރަތަމަ އަހަރު އަހަރީ ފީ ސަޕްލަޔަރ ދައްކައިދިނުން.
  • ޕިކަޕް ރަށަށް ގެނައުމަށްޓަކައި ދޯންޏަށް ލޯޑްކޮށްދިނުމަކީ ސަޕްލަޔަރުގެ ޒިންމާއެކެވެ.

 

  1. 3.      ބިޑް ރަޖިސްޓްރޭޝަން
  • 2022 ނޮވެމްބަރ 29 ވަނަ ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީ ކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ކުރަންވާނީ މި ކައުންސިލްގެ މެއިލް [email protected] އަށް ތިރީގައި މި ދަންނަވާ މަޢުލޫމާތު މެއިލްކޮށްގެންނެވެ.
  • ވިޔަފާރީގެ ނަން
  • ވިޔަފާރީގެ ރަޖިސްޓްރީ ނަމްބަރ
  • ވެރިފަރާތުގެ ނަން
  • ވެރިފަރާތާއި ގުޅޭނެ ނަމްބަރ
  • އީމެއިލް އެޑްރެސް

4 އަގު ހުށަހަޅަންވީ ގޮތް

  1. އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.
  2. އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
  3. ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލަޔެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީ އުރައިގެ ބޭރުގައި އިޢުލާން ނަމްބަރ އަދި ތިރީގައި އެޑްރެސް ކުރެވިފައިވާ ގޮތައް އެޑްރެސް ކުރެވިފައި ހުންނަންވާނެއެވެ.

" ޕިކަޕް ގަތުން "

އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ އިދާރާ

އއ.ހިމަންދޫ / ދިވެހިރާއްޖެ

5 ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:

  1. ވިޔަފާރީގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ
  2. ވިޔަފާރީގެ ޕްރޮފައިލް ( މަޢުލޫމާތު ފޯމް ) މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާ
  3. އަންދާސީ ހިސާބު ހުށަހަޅާ ފޯމް ( މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާ )

6 ޕޮއިންޓް ދެވޭގޮތުގެ ތަފްސީލު

ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑު ތަކަކީ:

-          އަގު 75%

-          މުއްދަތު 5%

-          ތަޖުރިބާ 5%

-          ވޮރަންޓީ ( ވޮރަންޓީ 1 އަހަރަށްވުރެ ކުރުނަމަ ނުލިބޭނެއެވެ. 1 އަހަރާއި 2 އަހަރާއި ދެމެދުނަމަ، 5 ޕޮއިންޓް، 2 އަހަރު ނުވަތަ އެއަށްވުރެ އިތުރުނަމަ، 10 ޕޮއިންޓް )

-          ވޮރަންޓީގެ މުއްދަތުގައި މަރާމާތު ކުރެވޭނެ ނުވަތަ ދޭނެ ޚިދުމަތްތައް ވޮރަންޓީ ލިޔުމުގައި ހިމަނަންވާނެއެވެ.

-          ވެހިކަލްގެ އުމުރު ( 2022 ވަނަ އަހަރުނަމަ 15 ޕޮއިންޓް ، 2021 ވަނަ އަހަރުނަމަ 9 ޕޮއިންޓް، 2020 ވަނަ އަހަރުނަމަ 8 ޕޮއިންޓް، 2019 ވަނަ އަހަރުނަމަ 7 ޕޮއިންޓް، 2018 ވަނަ އަހަރުނަމަ 6 ޕޮއިންޓް، 2017 ވަނަ އަހަރުނަމަ 5 ޕޮއިންޓް، 2016 ވަނަ އަހަރުނަމަ 3 ޕޮއިންޓް، 2015 ވަނަ އަހަރުނަމަ 1 ޕޮއިންޓް )

 

  1. އަންދާސީހިސާބު އިވެލުއޭޓް ކުރާއިރު އަގުގެ ބެންޗްމާރކްގެ ގޮތުގައި ބަލާނީ އެންމެ ކުޑަ އަގަށެވެ.
  2. އަންދާސީހިސާބު އިވެލުއޭޓް ކުރާއިރު މުއްދަތުގެ ބެންޗްމާރކްގެ ގޮތުގައި ބަލާނީ އެންމެ ކުރު މުއްދަތަށެވެ.
  3. އަންދާސީހިސާބު އިވެލުއޭޓް ކުރުމުގައި އެންމެ ދިގު ވޮރަންޓީމުއްދަތު ވޮރެންޓީ ބެންޗްމާރކްގެ ގޮތުގައި ބެލޭނެއެވެ.  
  4. ބިޑް އިވެލުއޭޓް ކުރާނީ މި އިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީއިންނެވެ.
  5. ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.

7 އިތުރު މަޢުލޫމާތު ސާފުކުރުން  

  1. ވިޔަފާރީގެ ވެރިފަރާތް ފިޔަވާ އެހެން ފަރާތެއްގެ ބީލަން ހުށަހެޅުމަށް ވަޑައިގަންނަވާއިރު ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.
  2. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާފައިނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

 

 

 
24 ނޮވެންބަރު 2022
ހޯދާ