ދިވެހިރާއްޖެ
ދެކޮޓަރީގެ ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ.
މިމަދަރުސާއިން ދެ ކޮޓަރީގެ ގެއެއް ކުއްޔަށް ހިފުމަށް މިމަދަރުސާގެ ނަންބަރު: GS30/IUL/2014/17ފ(29 އޮކްޓޫބަރު 2014) ގެ އިޢުލާނުން އިޢުލާން ކުރެއްވުމުން އެންމެ ފަރާތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުވުމާ ގުޅިގެން އެއިޢުލާން ބާޠިލުކޮށް، އަލުން ފުރުޞަތު ހުޅުވާލަމެވެ.
މި މަދަރުސާގައި 2015 ވަނަ އަހަރު މަސައްކަތް ކުރެއްވުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ފޮނުއްވާ، ޕްރިންސިޕަލް ގދ.ގައްދޫގައި ހުންނެވުމަށް ބޭނުންވާ އެކޮމަޑޭޝަން ހަމަޖެއްސުމުގެ ގޮތުން 2 (ދޭއް) ކޮޓަރީގެ ގެއެއް ( ބޮޑުކޮޓަރިއާއި ބަދިގެއާއި ކާގެވެސް ހިމެނޭ ) ، ދިރާސީ 1 ( އެކެއް) އަހަރު ދުވަހުގެ މުއްދަތަށް މި މަދަރުސާއަށް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ.
ވީމާ، 2 (ދޭއް) ކޮޓަރީގެ ގެއެއް ( ބޮޑުކޮޓަރިއާއި ބަދިގެއާއި ކާގެވެސް ހިމެނޭ ) މި މަދަރުސާއަށް ކުއްޔަށް ދިނުމަށް ބޭނުންވާ ފަރާތްތަކުން، މި މަދަރުސާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރައްވަން ގޭގެ ވެރިފަރާތުގެ ބަދަލުގައި އެހެން މީހަކު ފޮނުއްވާނަމަ، އެމީހަކާބެހޭ މަޢުލޫމާތު ބަޔާންކޮށް ސިޓީއެއް ފޮނުވަންވާނެއެވެ.
| 
 އައިޓަމް/ތަފުސީލު  | 
 ތާރީޚު  | 
 ދުވަސް  | 
 ގަޑި  | 
 ތަން  | 
| 
 މަޢުލޫމާތު ސާފުކުރެއްވުން  | 
 20-11-2014  | 
 ބުރާސްފަތި  | 
 10:30  | 
 ގދ.އަތޮޅު މަދަރުސާގެ އިދާރާ  | 
| 
 އަންދާސީހިސާބު ހުށަހެޅުއްވުން  | 
 27-11-2014  | 
 ބުރާސްފަތި  | 
 10:30  | 
 ގދ.އަތޮޅު މަދަރުސާގެ އިދާރާ  | 
19 މުޙައްރަމް 1436
