ދިވެހިރާއްޖެ
|
އިޢުލާން ނަންބަރ |
(IUL) PSM-FP/ PSM/2022/246 |
|
ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ |
GSRF-PSM-GA/2022/163 |
އިޢުލާން
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު
މިކުންފުނީގެ ޓީވީ އިމާރާތުގެ 2 ފާހާނާ އަމިއްލަ ތަކެތީގައި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، ދެވިފައިވާ މަޢުލޫމާތާއި އެއްގޮތަށް މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 24 ނޮވެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ޕީ.އެސް.އެމް ޓީވީ އިމާރާތަށް ޙާޟިރުވެ ތަން ބެއްލެވުމަށްފަހު 28 ނޮވެމްބަރ 2022 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން ދީފައިވާ މެއިލްއަށް އަގާއި މަސައްކަތްކޮށް ނިންމޭނެ މުއްދަތު އެނގޭނެގޮތަށް ކޯޓޭޝަން ފޮނުއްވުން އެދެމެވެ. ސައިޓް ބެލުމަށް ދެވިފައިވާ ގަޑިއަށް ހާޟިރުނުވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.
ޕްރޮޕޯސަލް ހުށަހެޅުމަށް ބޭނުންވާ މަޢުލޫމާތު މިއިޢުލާނާއެކު ގެޒެޓްކުރެވިފައި ވާނެއެވެ.
ކޯޓޭޝަން މެއިލްކުރާނީ: [email protected]
26 ރަބީއުލްއާޚިރު 1444
20 ނޮވެމްބަރ 2022
