މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޮނުމަސް އެޅުމާއި ، މަސްކައްކާ ހިއްކުމާއިބެހޭ ޢާންމު އުސޫލް

 

ލޮނުމަސް އެޅުމާއި ، މަސްކައްކާ ހިއްކުމާއިބެހޭ ޢާންމު އުސޫލް

 

1)    ތަޢާރުފާއި ނަން: 

  • މިއީ ނ.ވެލިދޫ ކައުންސިލުން އެކުލަވާލައި ދިވެހިސަރުކާރުގެ ގެޒެޓްގައިގައި ޝާއިރުކޮށްފައިވާ ޤަވާޢިދު ނަމްބަރު 2014/R-84  " އާއްމު އުދަގުލާއި ބެހޭ ޤަވާޢިދު " ގެ ދަށުން އެކުލަވާލާފައިވާ އުސޫލެކެވެ.

 

2)    ޢަމަލްކުރަން ފަށާތާރީޚް:

  • މި އުޞޫލަށް ޢަމަލްކުރަން ފާށާތާރީޚަކީ 1 ޖެނުއަރީ 2023 ން ފެށިގެންނެވެ.

 

3)    ރަށުގައި މީހުންދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގަޔާއި، އެނުންތަންތަނުގައި ލޮނުމަސްއެޅުމާއި މަސްކައްކާ ހިއްކުމުގެ ހުއްދައަށްއެދި ހުށަހެޅުން:

      (ހ) ރަށުގެ އިހްތިސޯސްގެތެރޭގައި ހިމެނޭ އެއްވެސްތަނެއްގައި  ލޮނުމަސްއެޅުމާއި، މަސްކައްކާ ހިއްކުމުގެ މަސައްކަތް ކުރަންބޭނުންވާ ފަރާތްތަކުން އެމަސައްކަތްކުރަންވާނީ  އެކަމުގެހުއްދައަށް އެދި ހުށަހަޅަންޖެހޭ ފޯމް ހުށަހެޅުމަށްފަހު ކައުންސިލްގެ އިދާރާއިން ހުއްދަލިބުމަށްފަހުގައެވެ.

      (ށ) މި އުސޫލަށް ޢަމަލްކުރަންފެށުމާއިއެކު ރަށުގެ އެކިސަރަޙައްދުގައި މީގެކުރިން     ލޮނުމަސްއެޅުމާއި، މަސްކައްކާހިއްކުމުގެ މަސައްކަތްކުރަމުންދިޔަ ފަރާތްތަކުން އެކަންހުއްޓާލަންވާނެއެވެ.

 

4)    ލޮނުމަސްއެޅުން:

      (ހ) ލޮނުމަސް އަޅަންވާނީ އެކަމަށްތައްޔާރުކުރެވިފައިވާ އެއްޗެއްގައި ވަސްބޭރުނުވާގޮތަށް   ރަނގަޅަށްބަންދުކޮށްގެންނެވެ.  

      (ށ)މަސްސީރާކުރުމަށްފަހު ރަނގަޅަށް ދޮވެސާފްކުރުމައްފަހުގައިނޫނީ ހިއްކަން އަވީލައިގެންނުވާނެއެވެ. މިގޮތަށް އަވީލުމަށް އަށިއަޅަންވާނީ ކައުންސިލުންދައްކާސަރަޙައްދެއްގައެވެ.

      (ނ) މޫސުމީގޮތުން ވައިޖެހޭދިމާލުގެގޮތުން ރަށުތެރެއަށް ވަސްއަންނަނަމަ މަސްއަވީލާފައި ބަހައްޓައިގެން ނުވާނެއެވެ.

 

5)    މަސްކައްކާހިއްކުން:

       (ހ) ރަށުތެރޭގައި މަސްކައްކަން ފެށުމުގެކުރިން މަސްކައްކާހިއްކުމަށް ކަނޑައަޅާބަދިގެ ދުންހޮޅިނޫންތަނަކުން ދުންބޭރުނުވާގޮތަށް ބައްދައި ދުންހޮޅި ތިރިވެގެން 20 ފޫޓަށް އުސްކުރަންވާނެއެވެ.

       (ށ) މި މާއްދާގެ (ހ) ގައިބުނެފައިވާ މިންގަނޑަށް ބަނދިގެ ނުވަތަ މަސްކައްކާތަން ހެދުމަށްފަހު، ކައުންސިލްއިން ބަލައި ޗެކްކޮށް ހުއްދަ ލިބުމަށްފަހުގައިނޫނީ އެއްވެސްތަނެއްގައި މަސްކައްކާހިއްކައިގެން ނުވާނެއެވެ.

       (ނ) މި އުސޫލްގެދަށުން މަސްކައްކައި ހިއްކާތަނެއްގެގޮތުގައި ބެލެވޭނީ ވިޔަފާރިއުސޫލުން ( މަސްކައްކައިގެން މަހާއި، ރިހާކުރުވިއްކުން ) އެމަސައްކަތްކުރާނަމައެވެ.

       (ރ) މަސްކެނޑުމުގައިނެގޭ ކިސްމެޔާއި މަހުގެ އެހެނިހެންބައިތަށް ދިވެހިރާއްޖެގޭ ކުނިނައްތާލުމަށް ހެދިފައިވާ ޤާނޫނުތަކައި ގަވާއިދުތަކާއި އެއްގޮތްވާގޮތުގެ މަތިން ނައްތާލަންވާނެއެވެ.

       (ބ) މަސްކެއްކުމަށްފަހުނެގޭ މަހުގެބައިތަށް ( ގަރުދިޔަފުރޭނުމުން ނެގޭކަށިތައް ) އުކާލުމަށް ބަދިގެޑަސްބިނާއެކު އެވަގުތަކު ކުނިނަގަމުންދާފަރާތަކާއި ޙަވާލްކުރަންވާނެއެވެ.

 

6)    އުސޫލާޚިލާފްވުމުން:

        މި އުސޫލާޚިލާފްވާ ފަރާތްތަކާމެދު ފުރަތަމަ ފަހަރު ލިއުމުން ނަސޭޙަތްދިނުން. ދެވަނަފަހަރު ކުށްތަކުރާރުކޮށްފިނަމަ -/500 ( ފަސްސަތޭކަ ) ރުފިޔާއާއި -/1000 ( އެއްހާސް ) ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމާނާކުރުން. ތިންވަނަފަހަރު ކުށްތަކުރާރު ކޮށްފިނަމަ -/1000 ( އެއްހާސް ) ރުފިޔާއާއި -/3000 ( ތިންހާސް ) ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމާނާކުރުން. ހަތަރުވަނަފަހަރު ކުށްތަކުރާރު ކޮށްފިނަމަ -/3000 ( ތިންހާސް ) ރުފިޔާއާއި -/5000 ( ފަސްހާސް ) ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމާނާކުރުން. އަދި ހަތަރުވަނަ ފަހަރަށްވުރެ އިތުރަށް ކުށްތަކުރާރުކުރާ ކޮށްމެފަހަރަކު -/5000 ( ފަސްހާސް ) ރުފިޔާއިން ޖޫރިމާނާ ކުރުމުގެ އިޚްތިޔާރު މި އުސޫލުގެދަށުން ކައުންސިލަށް ލިބިގެންވެއެވެ. މިގޮތަށް ޖޫރިމާނާވެގެން އެންގުމުން 3 ދުވަސްތެރޭގައި ކައުންސިލްގެ އިދާރާއަށް އެ ފައިސާދައްކަންވާނެއެވެ. އެމުއްދަތުގައި ފައިސާ ނުދައްކައިފިނަމަ ޝަރީޢަތަށް ހުށަހަޅައިގެން އެފައިސާހޯދުމުގެ އިޚްތިޔާރު ކައުންސިލްގެ އިދާރާއަށް ލިބިގެންވެއެވެ.

 

7)    ހުއްދައަށްއެދޭ ފޯމްދޫކުރުން:

        މި އުސޫލުގައި ބަޔާންކޮށްފައިވާ ލޮނުމަސްއެޅުމާއި، މަސްކައްކާ ހިއްކުމަށް އެދޭފޯމް ބޭނުންވާފަރާތްތަކަށް ލިބޭނެއިންތިޒާމް ކައުންސިލްގެ އިދާރާއިން ހަމަޖައްސައިދޭންވާނެއެވެ. އަދި ފޯމް ހުށަހަޅާތާ 3 ދުވަސްތެރޭގައި ލިއުމުން ހުއްދަދޭންވާނެއެވެ.

 

*******************

26 ރަބީއުލްއާހިރު 1444

20 ނޮވެންބަރު 2022

 

 

21 ނޮވެންބަރު 2022
ހޯދާ