މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ފ.ނިލަންދޫ އަތޮޅު ހޮސްޕިޓަލުގައި ސެންޓްރަލް އޮކްސިޖަން،މެޑިކަލް ގޭސް އަދި ވެކިޔުމް ސިސްޓަމް ޤާއިމު ކުރުމަށްޓަކައި މިތަކެތި ބެހެއްޓުމަށް ހަދަންޖެހޭ ޕްލާންޓް ހައުސް ހެދުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

      ފ.ނިލަންދޫ އަތޮޅު ހޮސްޕިޓަލުގައި  ސެންޓްރަލް އޮކްސިޖަން،މެޑިކަލް ގޭސް އަދި ވެކިޔުމް ސިސްޓަމް ޤާއިމު ކުރުމަށްޓަކައި މިތަކެތި ބެހެއްޓުމަށް ހަދަންޖެހޭ ޕްލާންޓް ހައުސް ހެދުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: (IUL)23-PD(PMS)23/2022/492 (10 އޮކްޓޯބަރ 2022) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވާ ފަރާތްތަކުގެ އަގުތައް ބޮޑުވާތީ އެއިޢުލާން ބާތިލްކޮށް މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.

     މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 17 ނޮވެމްބަރ 2022 ވާ ބުރާސްފަތި ދުވަހުން ފެށިގެން  28 ނޮވެމްބަރ 2022 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 01 ޑިސެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަދި ފ. އަތޮޅު ހޮސްޕިޓަލުގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 29 ނޮވެމްބަރ 2022 ވާ އަންގާރަ ދުވަހު ހެނދުނު 11:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި  އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

 

                          23 ރަބީއުލް ޢާހިރު 1444

17 ނޮވެންބަރު 2022
ހޯދާ