މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
މަތީ ތަޢުލީމާއި ތަމްރީނުގެ ސަނަދުތައް ޤަބޫލުކުރުމާ ގުޅޭ

ދިވެހިރާއްޖޭގައި މަތީ ތަޢުލީމާއި ތަމްރީނުގެ ސަނަދުތައް ޤަބޫލުކުރުމަކީ، ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު ގެ 7 ވަނަ މާއްދާގެ (ބ) އާއި، އެ ޤާނޫނުގެ 19 ވަނަ މާއްދާގެ ދަށުން މި އޮތޯރިޓީ އާ ޙަވާލުކުރެވިފައިވާ ޤާނޫނީ ޒިއްމާ އެކެވެ. ވުމާއެކު، އެކި ފަރާތްތަކުން ރާއްޖެއިންނާއި، ރާއްޖެއިން ބޭރުން ޙާޞިލުކުރާ މަތީ ތަޢުލީމުގެ ސަނަދުތަކަކީ، މި އޮތޯރިޓީ އަށް ހުށަހަޅައިގެން މި އޮތޯރިޓީން ޤަބޫލުކޮށް، އެކަމަށް ޚާއްޞަ މި އޮތޯރިޓީގެ ތަތްގަނޑު ޖަހައި، ވެލިޑޭޓްކޮށްފައިވާ ސަނަދުތަކަކަށް ވާންޖެހޭނެ އެވެ. އަދި ސަރުކާރުގެ އެކި އިދާރާތަކުން ވަޒީފާދިނުމާއި ސަނަދުގެ މައްޗަށް ބިނާކޮށް ކުރާ ކަންތައްތަކުގައި ބަލައިގަންނަނީ މި ދެންނެވި ގޮތަށް މި އޮތޯރިޓީން ޤަބޫލުކޮށްފައިވާ ސަނަދުތައް ކަން ފާހަގަކުރަމެވެ.

 

އެހެންނަމަވެސް، މަތީގައި ބަޔާންކޮށްފައިވާ ގޮތަށް މި އޮތޯރިޓީން ޤަބޫލުކުރާ ސަނަދެއް ތޯ ކަށަވަރުނުކޮށް ބައެއް ސަނަދުތަކުގެ މަޢުލޫމާތު އެކި ގޮތްގޮތަށް ހާމަކުރަމުންދާކަން ފާހަގަކުރެވިފައި ވާއިރު، މިފަދަ ސަނަދުތަކުގެ ތެރޭގައި މިއޮތޯރިޓީން ޤަބޫލުނުކުރާ ކަމަށް ޢާއްމުކޮށް އިޢުލާންކޮށްފައިވާ ސަނަދުތައް ވެސް ހިމެނޭ ކަން ސަމާލުކަމަށްޓަކައި ދެންނެވީމެވެ.

17 ނޮވެންބަރު 2022
ހޯދާ