މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
އިންޓަރންޝިޕްގެ ފުރުޞަތު

 

އިންޓަރން މުވައްޒަފުން ހޯދުން (1 މަސް ދުވަހަށް)

ނަންބަރު:  IUL)88-ADHR/88/2022/89)

ތާރީޚް: 17 ނޮވެމްބަރު 2022

އޮފީސް ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ޓޫރިޒަމް، ވެލާނާގެ، 5 ވަނަ ފަންގިފިލާ، ކ. މާލެ

ބޭނުންވާ އަދަދު:

1 (އެކެއް)

އެލަވަންސް:

މަސައްކަތްކުރާ ކޮންމެ ގަޑިއިރަކަށް 33.65ރ. (ތެއްތިރީސް ރުފިޔާ ފަސްދޮޅަސް ފަސް ލާރި)

މަޤާމުގެ ޝަރުތު:

ދަށްވެގެން ގްރޭޑް 10 ނިންމާފައިވުން.

މައިގަނޑު މަސްއޫލިއްޔަތު:

- މިނިސްޓަރސް ބިއުރޯގައި ބޭއްވޭ އެކިއެކި މުހިންމު ބައްދަލުވުންތަކަށް ބޭނުންވާ އިންތިޒާމްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން

- މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން

މީހުން ހޮވުމުގައި ބަލާނެކަންތައްތައް:

- މަސައްކަތާގުޅޭގޮތުން ލިބިފައިވާ ތަޖުރިބާ

- މަސައްކަތާ ގުޅުންހުރި ސަނަދު

- ދިވެހި އަދި އިގިރޭސިބަހުން މުޢާމަލާތްކުރުމުގެ ހުނަރު

- ގިނަވަގުތު މަސައްކަތުގައި އުޅެވުން

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަކޮށްފައިވާ އިންޓަރންޝިޕަށް އެދޭ ފޯމު
  2. އިންޓަރންޝިޕަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. އިންޓަރންޝިޕަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްގެ ކޮޕީ

ސުންގަޑި:

27 ނޮވެމްބަރު 2022 (އާދިއްތަ) ދުވަހުގެ 14:00 ގެ ނިޔަލަށް

އިތުރު މަޢުލޫމާތު

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3022226 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުތު ހަމަވާ، އަދި ތަޢުލީމީ ފެންވަރަށްބަލައި ގިނަވެގެން 10 ފަރާތްތަކާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް އީ-މެއިލްގެ ޒަރީއާއިން އެންގޭނެއެވެ. އަދި އިޢުލާންގެ މުއްދަތު ހަމަވާ މުއްދަތުން ފެށިގެން 2 ހަފްތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު މި މިނިސްޓްރީގައި އޮންނާނެއެވެ.

އިންޓަރންޝިޕަށް އެދޭ ފޯމު މިމިނިސްޓްރީގެ ވެބްސައިޓް https://www.tourism.gov.mv/en/downloads/application_forms

 އިން ލިބިވަޑައިގަންނަވާނެއެވެ.

އިންޓަރންޝިޕަށް އެދެންވީގޮތް:

ޝައުޤުވެރިވާ ފަރާތްތަކުން މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  [email protected]  އަށެވެ. 

17 ނޮވެންބަރު 2022
ހޯދާ