މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ހއ، ހދ، އަދި ށ. އަތޮޅުގައި ރިޒޯޓު ތަރައްޤީކުރުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުން

ފަތުރުވެރިކަން ތަރައްޤީކުރުމަށްޓަކައި 3 އަތޮޅެއްގައި ރިޒޯޓު ތަރައްޤީކުރަން ބޭނުންވާ ފަރާތްތަކުން އެކަން ހާމަކޮށް މިމިނިސްޓްރީއަށް ލިޔުމުން ހުށަހެޅުމަށް ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ. މި އަތޮޅުތަކުން ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައެޅިފައިވާ ރަށްތައް ތިރީގައި މިވަނީއެވެ.

  1. ހއ. މާފިނޮޅު
  2. ހއ. އިންނަފިނޮޅު
  3. ހދ. ދިއްޕަރުފުށި
  4. ށ. ބޮލިއްސަފަރު

ޝައުޤުވެރިކަން ހާމަކޮށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  1. ޝައުޤުވެރިކަން ހާމަކުރުމަށް ހުށަހަޅާ ސިޓީ. (މިސިޓީގައި ޝައުޤުވެރިކަން ހާމަކުރާ ފަރާތުގެ ނަން، އެޑްރެސް، ގުޅޭނެ ނަންބަރު ނުވަތަ އެފަރާތް ތަމްސީލުކުރާ ފަރާތެއްގެ މަޢުލޫމާތު ހިމަނަންވާނެއެވެ.)
  2. ޝައުޤުވެރިކަން ހުށަހަޅާ ފަރާތެއްގެ ޕްރޮފައިލް
  3. ޝައުޤުވެރިކަން ހުށަހަޅާ ފަރާތަކީ ޓޫރިސްޓް ރިޒޯޓު ތަރައްޤީކޮށް ހިންގުމުގައި ތަޖުރިބާ ހުރި ފަރާތެއްނަމަ އެކަން އަންގައިދޭ ލިޔުންތައް.
  4. ޝައުޤުވެރިކަން ހުށަހަޅާ ފަރާތަކީ ޓޫރިސްޓް ރިޒޯޓު ތަރައްޤީކޮށް ހިންގުމުގެ މާލީ ޤާބިލުކަންހުރި ފަރާތެއްކަން އަންގައިދީ ބޭންކަކުން ދީފައިވާ ލިޔުން.

ޝައުޤުވެރިކަން ހުށަހެޅުމުގެ ސުންގަޑި:

ޝައުޤުވެރިކަން ހުށަހަޅުމުގެ ސުންގަޑިއަކީ 01 ޑިސެންބަރު 2014 ވާ ހޯމަ ދުވަހުގެ މެންދުރުފަހުގެ 14:00 އާ ހަމައަށެވެ.

މައުލޫމާތު ސެޝަން:

މި ބިޑާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަނެއް 24 ނޮވެންބަރު 2014 ވާ ހޯމަ ދުވަހުގެ މެންދުރުފަހުގެ 14:00 ގައި މިނިސްޓްރީ އޮފް ޓޫރިޒަމްގައި އޮންނާނެއެވެ.

ޝައުޤުވެރިކަން ހުށަހެޅުން:

ޝައުޤުވެރިކަން ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި ތިރީގައިވާ ފަދައިން ލިޔެފައި އޮންނަންވާނެއެވެ.

EOI FOR THE DEVELOPMENT OF TOURIST RESORTS IN HAA ALIFU, HAA DHAALU AND SHAVIYANI ATOLL

ސިޓީ އެޑްރެސް ކުރައްވާނީ:

މިނިސްޓްރީ އޮފް ޓޫރިޒަމް

5 ވަނަ ފަންގިފިލާ، ހ. ވެލާނާގެ،

މާލެ، ދިވެހިރާއްޖެ.

ފޯނު ނަންބަރު: 302 2200 960+، ފެކްސް ނަންބަރު: 3322512 960+

އީމެއިލް: [email protected] އަށެވެ.

ހުށަހެޅުންތައް ބަލައި ފާސްކުރުން:

ޝައުޤުވެރިކަން ފާޅުކޮށް ހުށަހަޅަންޖެހޭ ލިޔުންތައް ހަމައަށް ހުށަހަޅާފައިނުވާނަމަ އަދި އެފަރާތަކީ ރިޒޯޓު ތަރައްޤީކުރުމުގެ މާލީ ޤާބިލުކަން ހުރި ފަރާތެއްކަން އަންގައިދީ، ބޭންކަކުން ނުވަތަ އެފަދަ ފައިނޭޝަލް އިންސްޓިޓިއުޓަކުން ދީފައިވާ ލިޔުމެއް ނެތް ފަރާތެއްކަމަށްވާނަމަ، އެފަރާތެއްގެ ހުށަހެޅުން ބާޠިލުކުރެވޭނެއެވެ. ޝައުޤުވެރިކަން ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ ހުށަހެޅުމުގައި ހިމަނާފައިވާ މަޢުލޫމާތު މިނިސްޓްރީ އޮފް ޓޫރިޒަމުން ބަލައި މިންކުރުމަށްފަހު، އޭގެތެރެއިން ހޮވޭ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ދެވޭނެއެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، ތިރީގައި ދެންނެވިފައިވާ ފަރާތާ ގުޅުއްވުން އެދެމެވެ.

ފަސީހު ޒާހިރު

ސީނިޔަރ ލީގަލް އޮފިސަރ

މިނިސްޓްރީ އޮފް ޓޫރިޒަމް،

5 ވަނަ ފަންގިފިލާ، ހ. ވެލާނާގެ،

މާލެ، ދިވެހިރާއްޖެ.

ފޯނު ނަންބަރު: 2200 302 960 +، ފެކްސް ނަންބަރު: 2512 332 960 +

އީމެއިލް: legal@tourism.gov.mv

 

17 ނޮވެންބަރު 2014
ހޯދާ