ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަތިމަރަދޫ ސަރަހައްދުން އަލަށް ދޫކުރެވިފައިވާ ގޯތިތަކުގެ މަގުތަށް ސާފުކުރުން

މަތިމަރަދޫ ސަރަހައްދުން އަލަށް ދޫކުރެވިފައިވާ ގޯތިތަށް ހުރިސަރަހައްދުގެ މަގުތަށް ސާފުކުރުމުގެ މަސައްކަތް 20 ނޮވެމްބަރ 2022 އިން ފެށިގެން ކުރިއަށްދާނެއެވެ. އެހެންކަމުން އެސަރަހައްދުގައި ދަނޑުވެރިކަން ކުރުމުގެ މަސައްކަތް ކުރާފަރާތްތަކުގެ ދަނޑުތަށް އެމަގުތަކަށް އަރާނަމަ ދަނޑުތަކުގައި ހައްދާފައިވާ ބާވަތްތައް އެތަންތަނުން ނަންގަވައި އެހެންތަނަކަށް ބަދަލުކުރުމަކީ ދަނޑުވެރިޔާ އަމިއްލައަށް ކުރަން ޖެހޭނެކަމެއް ކަމުގައި ދަންނަވަމެވެ. އަދި އެމަގުތަކަށް އަރައިގެން ނަގަންޖެހޭ އެއްވެސް އެއްޗަކަށް ބަދަލުދިނުމެއްވެސް ހަމަޖެހިފައި ނުވާކަމަށް ދަންނަވަމެވެ. އަދި މީގެ ކުރިންވެސް މިކަންވާނީ އާންމުކޮށް އިޢުލާނުކޮށްފައެވެ.

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

 1444 D 20

14 ނޮވެމްބަރ 2022

  

                                                             އަޙްމަދު ޒަކީ

   ކައުންސިލްގެ ރައީސް

14 ނޮވެންބަރު 2022
ހޯދާ