މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމު: އެޑްމިނިސްޓްރޭޓިވް އޮފިސަރ

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

ރޭންކް:

ޖީ.އެސް 4

ބޭނުންވާ އަދަދު:

1

މުސާރަ: މަހަކު -/5,020 ރުފިޔާ        

  ސަރވިސް އެލަވަންސް: މަހަކު -/1,500 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ އޮފީސް / ސެކްޝަން / ތަން

މިނިސްޓްރީ އޮފް ހޯމްއެފެއާޒް / އެޑްމިނިސްޓްރޭޝަން ސެކްޝަން / މާލެ

އަސާސީ ޝަރުޠު:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެ ތެރޭގައި މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ދާއިރާގެ ސެޓުފިކެޓު ހިމެނޭނެއެވެ.) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ" ގްރޭޑް ލިބިފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. ކޮންމެ ދުވަހަކުވެސް ސެކްޝަނުން ކުރެވުނު މަސައްކަތްތަކުގެ ޔައުމިއްޔާ ލަސްވެގެން ޖެހިގެން އަންނަ ދުވަހު ލިޔެ، މިނިސްޓްރީގެ ޔައުމިއްޔާ ލިޔުމަށް ހަމަޖެހިފައިވާ މުވައްޒަފަކާ ޙަވާލުކުރުން.
  2. ކޮންމެއަހަރެއްގެ އަހަރު ރިޕޯޓު ލިޔުމުގައި އަހަރު ރިޕޯޓު ލިޔުމަށް ޙަވާލުވެފައިވާ މުވައްޒަފަށް އެހީތެރިވުން.
  3. ކަނޑައެޅިފައިވާ ގަވާއިދުތަކާއި އެއްގޮތަށް މިނިސްޓްރީގެ ސްޓޮކް ބެލެހެއްޓުމާއި، އެކިއެކި ސެކްޝަންތަކުން ބޭނުންވާ ތަކެތި ގަވާއިދާއި ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް ސެކްޝަންތަކަށް ދޫކުރުން.
  4. ސްޓޮކުން މަދުވަމުންދާ ތަކެތި ފާހަގަކޮށް ތަކެތި ހުސްވުމުގެ ކުރިން އެތަކެތި ހޯދުމަށްޓަކައި ޕްރޮކިޔުމަންޓް ސެކްޝަންގައި އެދުން.
  5. ޤައުމީ ފެންވަރުގައި ސަރުކާރުން ފާހަގަކުރާ އެކިއެކި ރަސްމިއްޔާތުތަކުގެ ތެރެއިން މި މިނިސްޓްރީން ފާހަގަކުރާ ރަސްމިއްޔާތުތައް ފާހަގަ ކުރުމާބެހޭ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ސެކްޝަނުން އަންގަވާ ގޮތެއްގެ މަތިން ކުރުން.
  6. ކައުންސިލްތަކުގެ ލޯގޯ ރަޖިސްޓަރީ ކުރުމާބެހޭ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ސެކްޝަން ހިންގުމާ ޙަވާލުވެ ހުންނަ ވެރިޔަކު އަންގާ ގޮތެއްގެމަތިން ކުރުން.
  7. މިނިސްޓްރީގެ އެކިއެކި ސެކްޝަންތަކުން އެކިއެކި ފަރާތްތަކަށް ފޮނުވަން ސެކްޝަނާ ޙަވާލުކުރާ ސިޓީތައް ޕިޔޯނުން ނުވަތަ މަސައްކަތު މީހުން ލައްވާ އެ ތަކެތި ހަވާލުކުރަންޖެހޭ ތަންތަނަށް ދުވަހުން ދުވަހަށް ހަވާލު ކުރުން.
  8. އެކިއެކި ކަންކަމާ ގުޅިގެން ޓައިޕްކުރަންޖެހޭ ލިޔުންތައް ޓައިޕް ކުރުމާއި، ފައިލްކުރަންޖެހޭ ލިޔުންތައް ގަވާއިދުން ފައިލްކޮށް ބެލެހެއްޓުން
  9. ސެކްޝަންގެ މުވައްޒަފަކު ޗުއްޓީނަގާނަމަ އެމުވައްޒަފު ޗުއްޓީ ނިންމުމަށްފަހު އޮފީހަށް ނުކުންނަންދެން އެމުވައްޒަފު ކުރަމުންގެންދާ މަސައްކަތްތައް ކުރުމުގައި އެހީތެރިވުން.
  10. އޮފީހުގެ އެހެން ސެކްޝަންތަކުން ކުރިއަށް ގެންދަވާ އެކިއެކި މަސައްކަތްތަކުގައި އެހީތެރިކަމެއް ބޭނުންވެގެން އެދިވަޑައިގެންފިނަމަ އެކަމެއްގައި އެހީތެރިވެދިނުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ދިވެހި އަދި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން

- މައިކްރޯސޮފްޓް އޮފީސް ބޭނުންކުރަން އެނގުން

- ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން

އިންޓަރވިއު އާއި ޕްރެކްޓިކަލްސް އާއި އިމްތިޙާނު ކުރުން ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީޚާއި ތަން:

25 ނޮވެންބަރު 2014 އިން 09 ޑިސެންބަރު 2014 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް (ވެލާނާގޭގެ 10 ވަނަ ފަންގިފިލާ) ގައި.

އިތުރު މަޢުލޫމާތު:

  • މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، 10 ފަރާތް ޝޯޓްލިސްޓު ކުރެވޭނެއެވެ.
  • ޕްރެކްޓިކަލް އަދި އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަސްލުތަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3313325، 3323820 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަ ކުރެވިފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ކައުންޓަރުންނާއި މި މިނިސްޓްރީގެ ވެބްސައިޓް www.homeaffairs.gov.mv އިން ލިބެން ހުންނާނެއެވެ.)
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ، މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ.
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ނުވަތަ ނަމޫނާގައިވާ މަޢުލޫމާތު ހިމަނައިގެން ތައްޔާރު ކޮށްފައިވާ ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

20 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ ކައުންޓަރަށް.

09 ނޮވެންބަރު 2014
ހޯދާ