މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ސޯޝަލް ސަރވިސް އޮފިސަރ

މަޤާމު: ސޯޝަލް ސަރވިސް އޮފިސަރ

ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:

އެމް.އެސް. 1

ބޭނުންވާ އަދަދު:

1

މުސާރަ: މަހަކު -/5,610 ރުފިޔާ

  ސަރވިސް އެލަވަންސް: މަހަކު -/2,000 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ އޮފީސް / ސެކްޝަން / ތަން

ޖުވެނައިލް ޖަސްޓިސް ޔުނިޓް/ ރިހެބިލިޓޭޝަން އެންޑް ރީއިންޓިގްރޭޝަން ސަރވިސަސް/ މާލެ

 

އަސާސީ ޝަރުޠު:

  1. ސޯޝަލް ވަރކް/ ސައިކޮލޮޖީ/ ކްރިމިނޮލޮޖީ/ ސޯޝިއޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ސޯޝަލް ވަރކް/ ސައިކޮލޮޖީ/ ކްރިމިނޮލޮޖީ/ ސޯޝިއޮލޮޖީގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. ސޯޝަލް ވަރކް/ ސައިކޮލޮޖީ/ ކްރިމިނޮލޮޖީ/ ސޯޝިއޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  3. ސޯޝަލް ވަރކް/ ސައިކޮލޮޖީ/ ކްރިމިނޮލޮޖީ/ ސޯޝިއޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. ކޯޓްގެ އަމުރަށް ޑައިވަރޝަންއަށް ފޮނުވާ ކުދިންގެ ޕްރޮގުރާމު ހަމަޖެހިފައިވާ އުސޫލުގެ މަތިން ހިންގުމާއި ސުޕަވައިޒަރަށް ރިޕޯޓު ކުރުން.
  2. ޑައިވަރޝަން ޕްރޮގުރާމު ކުރިއަށްދާ ގޮތް މޮނިޓަރ ކުރުމާއި ޕްރޮގްރެސް ރިޕޯޓު އެކުލަވާލުމާއި މިކަމާގުޅޭ އެންމެހާ ލިޔެކިޔުންތަކާއި ރިކޯޑުތައް ބެލެހެއްޓުން.
  3. ޑައިވަރޝަން ޕްރޮގުރާމުގެ ދަށުން ގޭބަންދުގައި ތިބޭ ކުދިންނަށް ޒިޔާރަތް ކުރުމާއި، މަރުކަޒުގައި ތިބޭ ކުދިންނާއި ޖަލުގައި ތިބޭ ކުދިންނަށް ޒިޔާރަތްކޮށް މޮނިޓަރ ކުރުން.
  4. ޑައިވަރޝަން ޕްރޮގުރާމުގެ ދަށުން ކަރެކްޝަނަލް ޓްރެއިނިންގ ސެންޓަރަށް ފޮނުވާ ކުދިން މޮނިޓަރ ކުރުމާއި އެކުދިންނަށް ބޭނުންވާ އިޖްތިމާޢީ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ރިޕޯޓު ކުރުން.
  5. ޑައިވަރޝަން ޕްރޮގުރާމުގެ ދަށުން ކުޑަކުދިންގެ ޖަލަށް ފޮނުވާ ކުދިން މޮނިޓަރކުރުމާއި އެކުދިންނަށް ބޭނުންވާ އިޖްތިމާޢީ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދީ ސުޕަވަރިޒަރަށް ރިޕޯޓު ކުރުން.
  6. ޑައިވަރޝަން ޕްރޮގުރާމު ކުރިއަށްގެންދާ ކުދިންގެ މައްސަލައެއްގައި ފުލުހުންނާއި ކޯޓުން ބާއްވާ ބައްދަލުވުންތަކާއި ތަޙުޤީޤުތަކާއި ކޯޓް ސެޝަންތަކަށް ހާޒިރުވާން ޖެހިއްޖެ ހާލަތެއްގައި ހާޒިރުވުން އަދި ސުޕަވައިޒަރަށް ރިޕޯޓުކުރުމުގެ އިތުރުން ރިކޯޑުތައް އަޕްޑޭޓް ކުރުން.
  7. ހަވާލުކުރާ މައްސަލަތަކުގެ ތަފާސް ހިސާބުތައް އެއްކުރުމާއި، ބެލެހެއްޓުން އަދި ކޮންމެ ތިންމަހުން އެއްމަހު މީޑިއާ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު އަޕްޑޭޓް ކުރުން.
  8. ކޭސް ވަރކް ކުރުމުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ބޭނުންވާ އެހީތެރިކަމާއި ފަންނީ ލަފާދިނުން.
  9. މީގެ އިތުރުންވެސް ވަޒީފާއާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ދިވެހި އަދި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތު ކުރަން އެނގޭ ފަރާތަކަށްވުން.

- މައިކްރޯސޮފްޓް އޮފީސް ބޭނުންކުރަން އެނގުން.

- ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން

އިންޓަވިއު އާއި ޕްރެކްޓިކަލްސް އާއި އިމްތިޙާނު ކުރުން ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީޚާއި ތަން:

2014 ނޮވެންބަރު 30 ން ޑިސެންބަރު 11 އާ ދެމެދުގެ ތާރީޚެއްގައި މިނިސްޓްރީ އޮފް ހޯމްއެފެއާޒް (ވެލާނާގޭ 10 ވަނަ ފަންގިފިލާ) ގައި.

އިތުރު މަޢުލޫމާތު:

  • މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، 10 ފަރާތް ޝޯޓްލިސްޓު ކުރެވޭނެއެވެ.
  • ޕްރެކްޓިކަލް އަދި އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަސްލުތަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ.
  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3313325، 3323820 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަ ކުރެވިފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ ކައުންޓަރުންނާއި މި މިނިސްޓްރީގެ ވެބްސައިޓް www.homeaffairs.gov.mv އިން ލިބެން ހުންނާނެއެވެ.)
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ، މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ.
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ނުވަތަ ނަމޫނާގައިވާ މަޢުލޫމާތު ހިމަނައިގެން ތައްޔާރު ކޮށްފައިވާ ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

25 ނޮވެންބަރު 2014 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ ކައުންޓަރަށް.

10 ނޮވެންބަރު 2014
ހޯދާ