މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
5 ވަނަ ޓޫރިޒަމް މާސްޓަރޕްލޭނަށް ބޭނުންވާ ފޮޓޯ ހޯދުމާއި ގުޅޭ

އިޢުލާން

5 ވަނަ ޓޫރިޒަމް މާސްޓަރޕްލޭންއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވައި ތަރައްޤީކުރުމަށްޓަކައި 5 އަހަރު ދުވަހުގެ މުއްދަތަށް މި މިނިސްޓްރީއިން އެކުލަވާލާ ސްޓްރެޓެޖިކް ޕްލޭނެކެވެ. އަދި މި ޕްލޭން ފުރިހަމަކުރުމަށް، ތިރީގައިވާ ސަރަޙައްދުތަކުގެ ފޮޓޯ ހިމެނުމަށް މި މިނިސްޓްރީއިން ޤަސްދުކުރަމެވެ.

       Underwater beauty of fauna Megafauna / flora - 

          Tourism product - 

         Island Shots – Beaches, natural beauty - 

         Aerial shots of islands and formations - 

       People, culture and livelihoods - 

ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، އިސްވެ ދެންނެވުނު ދާއިރާތައް ހިމެނޭހެން މަދުވެގެން 20 ފޮޓޯ ކޯޓޭޝަނަކާއި އެކު ތިރީގައި ބަޔާންކޮށްފައިވާ ތާރީހުގެ ކުރިން މިމިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ. މި ފޮޓޯތަކުގެ ތެރެއިން، މިމިނިސްޓްރީގެ ފަންނީ ބޭފުޅުންގެ ލަފަޔާއިއެކު، މާސްޓަރޕްލޭންގައި ހިމެނުމަށް ބޭނުންވާ ފޮޓޯ ހޮވާލެވިގެންދާނެއެވެ. އަދި މި ފޮޓޯތައް ހޮވާލެވޭ ހިސާބުން ފެށިގެން ފޮޓޯތަކުގެ ފުރިހަމަ ކޮޕީރައިޓް މިމިނިސްޓްރީއަށް ލިބިގެންދާނެއެވެ.

ފޮޓޯއާއި، ކޯޓޭޝަން އަދި ޓީ.އޯ.އާރުގައި ބަޔާންކޮށްފައިވާ އެހެނިހެން ޑޮކިއުމަންޓްތައް ހުށަހަޅަންވާނީ 21 ނޮވެންބަރު 2022 ގެ 10:00 ގެ ކުރިން މިނިސްޓްރީގެ މެއިލް [email protected]އެޑްރެސް މެދުވެރިކޮށެވެ. އަދި މެއިލް [email protected] އެޑްރެހަށް ސީސީ ކުރަންވާނެއެވެ.

މަސައްކަތާއި ގުޅުންހުރި މަޢުލޫމާތު ހިމެނޭ މަޢުލޫމާތު ކަރުދާސް (ޓީ.އޯ.އާރް) މި އިޢުލާނާއި އެއްކަރުދާސްކޮށްފައި ވާނެއެވެ.

އިޢުލާނާގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 17 ނޮވެމްބަރު 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން 3022267 އަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް އީ-މެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

10 ނޮވެންބަރު 2022
ހޯދާ