މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ރ.ކިނޮޅަސް ޞިއްޙީމަރުކަޒުގެ ޕޯރޓިކޯ އިމާރާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ރ.ކިނޮޅަސް ޞިއްޙީމަރުކަޒުގެ  ޕޯރޓިކޯ އިމާރާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު:(IUL)23-PD(PMS)/23/2022/447(31 އޮގަސްޓް 2022) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވާ ފަރާތްތަތކުގ އަންދާސީ ހިސާބުތަކުގެ އަގުތައް ބޮޑުވާތީ އެއިޢުލާން ބާތިލްކޮށް މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 09 ނޮވެމްބަރ  2022 ވާ ބުދަ  ދުވަހުން ފެށިގެން 20 ނޮވެމްބަރ  2022 ވާ  އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 24 ނޮވެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 21 ނޮވެމްބަރ   2022 ވާ ހޯމަ ދުވަހު ހެނދުނު 11:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި  އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

15 ރަބީއުލް ޢާހިރު 1444

09 ނޮވެންބަރު 2022
ހޯދާ