މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް 2023 ވަނަ އަހަރުގެ ކަލަންޑަރު، ޑައިރީ އަދި ގިފްޓް ޕެކް ތައްޔާރުކޮށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

     މި އޮތޯރިޓީން ދޭ މަޢުލޫމާތާ އެއްގޮތަށް، އޮތޯރިޓީގެ 2023 ވަނަ އަހަރުގެ ކަލަންޑަރު، ޑައިރީ އަދި ގިފްޓް ޕެކް ތައްޔާރުކޮށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު : IL/2022/2261 އިޢުލާނަށް، އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެއިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރަމެވެ.

     ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ރަޖިސްޓަރ ވުމަށް ކަނޑައަޅާފައިވާ ސުންގަޑި ހަމަވުމުގެ ކުރިން، [email protected] ގެ އީމެއިލް މެދުވެރިކޮށް ރަޖިސްޓަރވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

         

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

15 ނޮވެންބަރު 2022

އަންގާރަ

10:00

އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރުމުގެ ސުންގަޑި

17 ނޮވެންބަރު 2022

ބުރާސްފަތި

12:00

އަންދާސީ ހިސާބު ހުށަހެޅުން

22 ނޮވެންބަރު 2022

އަންގާރަ

11:00

 

     މިކަމަށް އަންދާސީ ހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް އަންގާފައިވާ ދުވަހުގެ 10:00 އަށް އޮތޯރިޓިއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށް އެކަންޏެވެ. އަދި މި ބީލަމުގެ އާރްއެފްޕީ ޕްރީބިޑް މީޓިންގްއަށް ހާޒިރުވާ ފަރާތްތަކާ ހިއްސާކުރެވޭނެ އެވެ.  

08 ނޮވެންބަރު 2022
ހޯދާ