މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮމިއުނިޓީ ކައުންސިލް އެސިސްޓެންޓް

  

އިޢުލާނު

 

މަޤާމު:

ކޮމިއުނިޓީ ކައުންސިލް އެސިސްޓެންޓް

ބޭނުންވާ އަދަދު:

01 އަންހެން، 01 ފިރިހެން

މަޤާމުގެ ގިންތި:

ވަގުތީ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނ.ވެލިދޫ ކައުންސިލް އިދާރާ

މުއްދަތު:

31 ޑިސެމްބަރު 2022 ގެ ނިޔަލަށް. (ކައުންސިލަށް ބޭނުންވެއްޖެ ހިނދެއްގައި ކޮންމެ މީލާދީ އަހަރު ފެށޭއިރު ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރެވިދާނެއެވެ.)

މުސާރަ:

33.65ރ (މަސައްކަތްކުރާ ގަޑިއަކަށް).

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އިޖުތިމާޢީ ސަރަޙައްދު ކުނިކަހާ، އެސަރަޙައްދުގައި ހުންނަ ބޮޑަތި ގަސްތަކުގެ ގޮފިތައް ކޮށާ، ފަޅާފައިވާ ވިނަތައް ބޯވިޔަ ނުދީ ނޮޅާ ސާފްކޮށް، ބެލެހެއްޓުން.
  2. ރަށުގެ ބަދަރުބެލެހެއްޓުމާބެހޭ އެންމެހާ މަސައްކަތްކުރުން
  3. ރައްޔިތުންގެ ޢިމާރާތްތައް ކުނިކަހާ ، ފޮޅާ ސާފްކޮށް، ދިޔަދޮވި ތަކާއި، ފުރާޅާއި، ޢިމާރާތްތަކުގެ ބެޑްޝީޓާއި،  ބާލީހްއުރައާއި، ދޮރުފޮތިތައް ދޮވެ ސާފްކޮށް ބެލެހެއްޓުން.
  4. ރައްޔިތުންގެ ޢިމާރާތްތަކުގެ ލައިޓްތައް އެދުމުން ބަދަލްކުރުމާއި، ފެންޕަންޕަށްދިމާވާ މައްސަލަތައް ކައުންސިލަށް ހުށަހަޅައިގެން އެމައްސަލައެއް ހައްލުކުރުމަށް މަސައްކަތް ކުރުން.
  5. ބަލަހައްޓަމުންދާ ޢިމާރާތްތަކުގެ ކަރަންޓަށްލިބޭ ގެއްލުންތައް ހައްލުކުރުމަށް ކައުންސިލުން ކަނޑައަޅާފައިވާ ސްޕަވައިޒަރަށް ހުށައަޅާގެން މަސައްކަތްކުރުން.
  6. މަގުތަކުގައި ޖަހާފައިވާ ބައްތި ދަނޑިތައް މަރާމާތުކޮށް ބެލެހެއްޓުން.
  7. ފެންހެދޭ މަގުތަކަށް ވެލިއަޅާފަސްގަނޑު ލެވަލްކުރުން.
  8. އިމާރާތްތަކުގެ ކޮޓަރިތައް ތައްޔާރުކުރުމަށް އެންގުމުން ބެޑްޝީޓާއި ބާލީހުއުރަބަދަލުކޮށް ، ފާޚާނާތެރެ ސާފްކޮށް ކޮޓަރިތެރެ ސާފްކޮށް ކޮޓަރިތެރެކުނިކަހާ ތައްޔާރުކޮށް ކައުންސިލްގެ އިދާރާއިން އަންގާފަރާތަކާއި ތަޅުދަނޑި ޙަވާލްކުރުން.
  9. ވޭސްޓްމެނޭޖްމަންޓް ސެންޓަރުގައި ކުނިމެނޭޖްކުރުމުގެ އެންމެހާ މަސައްކަތްކުރުން.
  10. ކައުންސިލްގެ އިދާރާއިން ކުރިޔަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްކުރުން.

މަޤާމުގެ ޝަރުޠުތައް:

ލިޔަންކިޔަން ، ދަތުމާއެކު މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުމާއި އެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހުން ކަމުގައިވުން.

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

ފޮޅާ ސާފުކުރުން

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަންފޯމް (އެޕްލިކޭޝަން ފޯމް ރަސްމީގަޑީގައި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ޕޯޓް ފޯލިޔޯ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. އަސާސީ ޝަރުތު ހަމަވުމަށް: %50
  2.  އިންޓަރވިއު: %50

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މިވަޒީފާއަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ވަޒީފާއަށްއެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު  14 ނޮވެމްބަރ 2022 ވާ ހޮމަދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ވެލިދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް ޝަރުތު ހަމަވާ ފަރާތް ތަކުގެ އިންޓަވިއު އޮންނަ ތާރީޙެއް މި އިދާރާއިން އަންގާނެ ވާހަކަ ދަންނަވަމެވެ.

 މިއިޢުލާނާއިގުޅިގެން މަޢުލޫމާތުސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރާގެ 6560010 ނަމްބަރުފޯނާއެވެ. މެއިލް ކުރައްވާނީ  [email protected] އަށެވެ.

 

 

06 ނޮވެންބަރު 2022
ހޯދާ