ދިވެހިރާއްޖެ
މި އޮފީހުން ދޭ މަޢުލޫމާތާއި އެއްގޮތަށް، ލ.ގަން ކަސްޓަމްގެ އިންފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިއިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތުގެމަތިން މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ، 16 ނޮވެމްބަރ 2022 ވާ ބުދަ ދުވަހުގެ 14:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ނުވަތަ ލ.ގަން ކަސްޓަމްސް އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ބީލަމުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް އެކަންޏެވެ.
ބީލަމުގައި ރަޖިސްޓްރީ ވުމަށް މިއޮފީހުގެ ([email protected]) އީމެއިލްއަށް 10 ނޮވެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އީމެއިލް ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3334113 / 3334172 ފޯނަށް ގުޅުއްވުން އެދެމެވެ.