މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ބޭސް ގުދަން ރަޖިސްޓަރީ ކުރުން
                                އިޢުލާން
20 ޖަނަވަރީ 2015 އިން ފެށިގެން ބޭހާބެހޭ ގަވާއިދު (ނަންބަރު 2014/R-46 ) އަށް އަމަލުކުރަން ފެށުމުން މި ގަވާއިދުގެ 6.10 ވަނަ މާއްދާގެ ދަށުން ބޭސް އެތެރެކުރެވޭނީ މި އޮތޯރިޓީން ގަބޫލުކުރާ ފެންވަރުގެ ގުދަނެއް، މިއޮތޯރިޓީގައި ރަޖިސްޓަރީ ކުރެވިގެންނެވެ. ބޭސް ގުދަން ހުންނަންޖެހޭ މިންގަނޑު މިގަވާއިދުގެ ޖަދުވަލު 3 ގައި ބަޔާން ކުރެވިފައިވާނެއެވެ.
ވީމާ 20 ޖަނަވަރީ 2015 އިން ފެށިގެން މި އޮތޯރިޓީގައި ރަޖިސްޓަރީކޮށްފައިވާ ބޭސް ގުދަނެއް ނެތް ފަރާތްތަކަށް ބޭސް އެތެރެ ނުކުރެވޭނެ ކަމުގައި، ބޭސް އެތެރެކުރާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ޢާންމުކޮށް އަންގައި އިއުލާނު ކުރަމެވެ.
އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް މިއޮތޯރިޓީގެ 3014316 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
13 މުޙައްރަމް 1436 ހ.
             06 ނޮވެންބަރު 2014
            
        
                    ހޯދާ  
                
                 
                    