ދިވެހިރާއްޖެ
ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
| މަޤާމް: | އޮފިސަރ، އައިސީޓީ | 
| ޑިޕާޓްމަންޓް: | އެޑްމިނިސްޓްރޭޝަން، އައިސީޓީ ސެކްޝަން | 
| ބޭނުންވާ ޢަދަދު: | 01 | 
| ޝަރުތުތައް: | - ޑިޕްލޮމާ އިން އައި.ޓީ. - މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 2 އަހަރުގެ ތަޖުރިބާ ހުރުން | 
| ވަޒީފާގެ މަސްޢޫލިއްޔަތު: | - ކުންފުނީގެ އައި.ޓީކަންކަން ބެލެހެއްޓުމުގައި އެހީތެރިވުން - ދިމާވާ ސިސްޓަމް އަދި ސޮފްޓްވެއަރ މައްސަލަތައް ހައްލުކޮށްދިނުން - ކުންފުނީގެ އައި.ސީ.ޓީ ޕްރޮޖެކްޓުތައް ތަޢާރަފުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން | 
| މަހު މުސާރަ: | 14،000 އާއި 15،000 ރ އާއި ދެމެދު | 
| ވަޒީފާގެ ބާވަތް: | ދާއިމީ | 
| މަސައްކަތަށް ނިކުންނަން ޖެހޭ ތަން: | ހެޑް އޮފީސް - އައިސީޓީ ސެކްޝަން | 
ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 2022 ނޮވެމްބަރ 07 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑި ކާޑު އަދި ޕޮލިސް ރިޕޯޓް އާއި އެކު މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ. އެޕްލިކޭޝަން ފޯމުލިބިލައްވާނީ ކުންފުނީގެ ވެބްސައިޓުންކަން ދަންނަވަމެވެ.
އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.
 
                    