|
ވަޒީފާގެ ފުރުޞަތު
|
|
ވަޒީފާގެ ދާއިރާ:
|
ޓްރާންސްޕޯރޓް، ލޮޖިސްޓިކްސް އެންޑް ކޮންސްޓްރަކްޝަން ޑިޕާރޓްމަންޓް
|
|
މަޤާމް:
|
ސީނިއަރ ސްޕަވައިޒަރ
|
|
ބޭނުންވާ ޢަދަދު:
|
01
|
|
މުސާރަ:
|
-/9,500ރ އާއި -/20,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)
|
|
ފެންވަރު ނުވަތަ ޝަރުޠު:
|
- މެކޭނިކަލް ދާއިރާއިން ޑިގްރީ ޙާޞިލްކޮށްފައިވުން
ނުވަތަ
- މެކޭނިކަލް ދާއިރާއިން ޑިޕްލޮމާ ލެވެލް ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުމާއި އެކު މެކޭނިކަލް މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
- ވެހިކަލް ތަކަށް ދިމާވާ މެކޭނިކަލް މައްސަލަތައް ދެނެގަނެ ހައްލުހޯދުން
- ތާވަލާ އެއްގޮތަށް ވެހިކަލްތައް ސަރވިސްކުރުން.
- ވެހިކަލްތައް މަރާމާތު ކުރުމަށް ބޭނުންކުރާ އިކްއިޕްމަންޓްތައް ދޮވެސާފުކޮށް ބެލެހެއްޓުން.
- ވެހިކަލްތަކަށް ބޭނުންވާ ސްޕެއަރ ދެނެގަނެ އެތަކެއްޗަށް ރިކުއެސްޓްކުރުން.
|
|
ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:
|
07 ނޮވެންބަރު 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން
|
|
ސުންގަޑި:
|
މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 07 ނޮވެންބަރު 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.
|
|
އިންޓަވިއު:
|
އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.
|
|
ހުށަހަޅަން ޖެހޭ ލިޔުން:
|
- ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
- ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ
|
|
އިތުރު މަޢުލޫމާތު:
|
- މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
- ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
|
|
08 ރަބީޢުލްއާޚިރު 1444
02 ނޮވެންބަރު 2022
|