|
ވަޒީފާގެ ފުރުޞަތު
|
|
ވަޒީފާގެ ދާއިރާ:
|
ސަރވިސް ސެންޓަރ
|
|
މަޤާމް:
|
އެސިސްޓެންޓް އިލެކްޓްރިކަލް އިންޖިނިއަރ
|
|
ބޭނުންވާ ޢަދަދު:
|
01
|
|
މުސާރަ:
|
-/10,500ރ އާއި -/22,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)
|
|
ފެންވަރު ނުވަތަ ޝަރުޠު:
|
- އިލެކްޓްރިކަލް އިންޖިނިއަރިންގ ދާއިރާއިން ޑިގްރީ ޙާޞިލްކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 05 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
|
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
- އެސެމްބްލިންގ ވާރކްޝޮޕްގައި އެސެމްބްލްކުރާ ޕެނަލް މަސައްކަތާއި، ސެންޓަރުގެ ފަރާތުން ކުރަންޖެހޭ އިލެކްޓްރިކަލް މަސައްކަތްތައް
|
|
މަޤާމް:
|
ސްޕަވައިޒަރ
|
|
ބޭނުންވާ ޢަދަދު:
|
01
|
|
މުސާރަ:
|
-/9,020ރ އާއި -/16,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)
|
|
ފެންވަރު ނުވަތަ ޝަރުޠު:
|
- އިލެކްޓްރިކަލް އިންޖިނިއަރ ދާއިރާއިން ޑިޕްލޮމާ ނުވަތަ އެޑްވާންސް ޑިޕްލޮމާ ލެވެލް ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުމާއި އެކު ޑިސްޓްރިބިއުޝަން މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 07 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
- އެލެކްޓްރިކަލް ދާއިރާއިން ހައިވޯލްޓޭޖް މަސައްކަތާއި، ސެންޓަރުގެ ފަރާތުން ކުރަންޖެހޭ އިލެކްޓްރިކަލް މަސައްކަތްތައް
|
|
މަޤާމް:
|
ޓެކްނީޝަން
|
|
ބޭނުންވާ ޢަދަދު:
|
01
|
|
މުސާރަ:
|
-/8,000ރ އާއި -/15,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)
|
|
ފެންވަރު ނުވަތަ ޝަރުޠު:
|
- ޖީ.ސީ.އީ އޭ ލެވެލް އިމްތިހާނުގެ 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މިމާއްދާއިން "ސީ" ފާސް ލިބިފައިވުން.
ނުވަތަ؛
- އިލެކްޓްރިކަލް ދާއިރާއަކުން އެޑްވާންސް ސެޓްފިކެޓެއް (ލެވެލް 4) ޙާޞިލްކޮށްފައިވުމާއި އެކު އިލެކްޓްރިކަލް މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
ސަރވިސް ސެންޓަރގެ ފަރާތުން ކުރަންޖެހޭ އިލެކްޓްރިކަލް މަސައްކަތްތައް
|
|
މަޤާމް:
|
އޮފިސަރ
|
|
ބޭނުންވާ ޢަދަދު:
|
01
|
|
މުސާރަ:
|
-/8,000ރ އާއި -/15,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)
|
|
ފެންވަރު ނުވަތަ ޝަރުޠު:
|
- ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުގެ 02 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.
- ޖީ.ސީ.އީ އޯލެވެލް ފެންވަރަށް ތައުލީމް ޙާޞިލްކޮށްފައިވުމާއި އެކު ހިއުމަންރިސޯސަސް ދާއިރާއިން ޑިޕްލޮމާ އެއް ޙާޞިލްކޮށްފައިވުން ނުވަތަ؛
- ޖީ.ސީ.އީ އޯލެވެލް ފެންވަރަށް ތައުލީމް ހާސިލްކޮށްފައިވުމާއި އެކު އެޑްމިނިސްޓެރޭޝަން ދާއިރާއިން ލެވެލް 04 ގެ ސެޓްފިކެޓެއް ހާސިލްކޮށް މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން 02 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
|
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
އެޑްމިން މަސައްކަތުގެ އިތުރުން ސާރވޭ ރިޕޯޓްތައްހަދާ، މެޓީރިއަލް ލިސްޓް (BOQ) ތައްޔާރުކުރުން
|
|
ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:
|
08 ނޮވެންބަރު 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން
|
|
ސުންގަޑި:
|
މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 08 ނޮވެންބަރު 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.
|
|
އިންޓަވިއު:
|
އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.
|
|
ހުށަހަޅަން ޖެހޭ ލިޔުން:
|
- ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
- ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ
|
|
އިތުރު މަޢުލޫމާތު:
|
- މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
- ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
|
|
07 ރަބީޢުލްއާޚިރު 1444
01 ނޮވެންބަރު 2022
|