ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ސަޕޯޓް ސްޓާފް

ސަޕޯޓް ސްޓާފް
ހުޅުމާލެ އޮޕަރޭޝަންސް / ރިއަލް އެސްޓޭޓް މެނޭޖްމަންޓް

ވަޒީފާއަދާކުރަންޖެހޭ ތަން: ހުޅުމާލެ

ތައުލީމީ ފެންވަރާއި ތަޖުރިބާ:
އަސާސީ ތަޢުލީމުގެ ފެންވަރުހުރުމާއި އެކު މަސައްކަތްކުރެވޭނެފަދަ ރަނގަޅު ސިއްހަތެއްގައި ހުރުން.

މަޤާމުގެ މަސްއޫލިއްޔަތު:
ކޯޕަރޭޝަނުން ހިންގާ އެކިއެކި ޕްރޮޖްކްޓްތަކަށް ބޭނުންވާ އެންމެހައި ޢަމަލީ މަސައްކަތްތަކުގައި އެހީތެރިވެދިނުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް:
• ކޯޕަރޭޝަނުން ބަލަހައްޓާ އިމާރާތްތަކާއި އަދި އެފަދަ އެހެނިހެން ތަންތަނުގެ މަރާމާތުގެ މަސައްކަތްތައް ކުރުން. މީގެތެރޭގައި ޕޭވްމަންޓް އާއި މަގުތަކުގައި ގާއެތުރުމާއި، ލައިޓް މަރާމާތުކުރުމާއި، ކޮންކްރީޓް އެޅުމާއި، ކާޕެޓްރީ އަދި މޭސަނަރީ އާއި ގުޅުންހުރި މަސައްކަތްތައް.
• ކޯޕަރޭޝަނުން އިން ހިންގާ އެކިކަހަލަ ކޮންސްޓްރަކްޝަން އަދި ޑިވެލޮޕްމަންޓް ޕްރޮޖެކްޓް މަސައްކަތްތަކުގައި އެހީތެރިވެދިނުން.
• މަތީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުން ސްޕަވައިޒަރު ހަވާލުކުރާ މަގާމާއި، މަގާމުގެ މަސްޢޫލިއްޔަތާއި ގުޅުންހުރި އެހެނިހެން މަސައްކަތްތައްކުރުން.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:
• މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ނުވަތަ ކާޕެންޓްރީ، މޭސަނަރީ އަދި ޕްލަންބިން މަސައްކަތުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެ.
• ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި މަސައްކަތް ކުރެވޭނެފަދަ ރަނގަޅު ސިއްހަތެއްގައި ހުރުން.
• ހީވާގިކަމާއެކު މަސައްކަތް ކުރެވޭ މީހެއް ކަމުގައިވުން.
• މަސައްކަތްތައް އަމިއްލައަށް އިސްނަގައިގެން ކުރުމާއި މީހުންނާއި ގުޅިގެން މަސައްކަތްކުރެވޭ ފަރާތަކަށްވުން.
• މަސައްކަތްތައް ކަނޑައަޅާފައިވާ ވަގުތައް ނިންމުމާއި ގަޑިއަށް ފަރުވާތެރިކަމާއިއެކު ކުރުން.

މުސާރަ: 10500.00ރ
އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެ.

ބޭނުންވާ ލިޔެކިޔުންތައް:
- އައިޑީ ކާޑު ކޮޕީ ނުވަތަ ލައިސަންސް ކާޑު ކޮޕީ
- ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
- ކުރިން އަދާކޮށްފައިވާ ވަޒީފާގައި އުޅުނުކަމުގެ ލިޔުން
- ޕޮލިސް ރިޕޯޓް

މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 06 ނޮވެންބަރު 2022 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން އެޗްޑީސީ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.

ޕޯޓަލް ލިންކު: (https://jobs.hdc.com.mv/)

އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3353535 އަށް ގުޅާލައްވާ.

 

30 އޮކްޓޫބަރު 2022
ހޯދާ