މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ފުޑް ސޭފްޓީ ޓެކްނޮލޮޖިސްޓް - މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ

އިޢުލާން

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް

ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި މަސައްކަތަށް ޤާބިލު މުވައްޒަފުންނެވެ.

މަޤާމު

 ފުޑް ސޭފްޓީ ޓެކްނޮލޮޖިސްޓް

މަޤާމުގެ ނަންބަރު

 J-370107                        

ބޭނުންވާ އަދަދު

 01 (އެކެއް)

މަޤާމުގެ ގިންތި

 ދާއިމީ

މަޤާމުގެ ރޭންކް

 އެމް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން

 ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ޑިވިޝަން/ ސެކްޝަން

 ފުޑް ކޮންޓްރޯލް ޑިވިޜަން/ކުއަލީޓީ އެޝައުރެންސް ސެކްޝަން/ހެލްތު ސެޓްފިކޭޝަން ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަން

 މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ

މުސާރަ

 -/6295 ރުފިޔާ

ސަރވިސް އެލަވަންސް

 -/2500 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ސްޕެޝަލް ޑިއުޓީ އެލަވެންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް
  4. ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ %28

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ މެންޑޭޓް ތަންފީޒުކުރުމަށް ބޭނުންވާ ލަނޑުދަނޑިތައް ހާޞިލުކުރުމަށް އޮފިޝަލް ކޮންޓްރޯލް ޔުނިޓްގައި ކުރަންޖެހޭ މަސައްކަތްތައް އޮތޯރިޓީގެ ޕޮލިސީއާއި ޕްރޮސީޖަރއާއި އެއްގޮތަށް ޔުނިޓް ހެޑްގެ ލަފާގެ މަތިން ރާވާ އިންތިޒާމްކޮށް ހިންގާ ބެލެހެއްޓުމާއިއެކު އެކްޝަން ޕްލޭން ތަންފީޒު ކުރުން.
  2. ރާއްޖެއިން އެކްސްޕޯޓްކުރާ ކާބޯތަކެތި ގަވާޢިދުތަކާއި، އުޞޫލުތަކާއި، އެސް.އޯ.ޕީގައިވާ ގޮތުގެ މަތިން ބަލާ ފާސްކުރުމުގެ މަސައްކަތްކުރުމާއި އަދި ހެލްތު ކްލިއަރަންސް ދިނުމުގެ ޒިންމާ އުފުލުމާއެކު އެ ތަކެތި ސަރޓިފައިކުރުން.
  3. ޔޫރަޕިއަން ޔޫނިއަންގެ ޤައުމުތަކަށް އެކްސްޕޯޓްކުރުމަށް މަސް ބަންދުކުރާ ކާރުޚާނާތައް އެފަދަ ތަންތަނަށް ކަނޑައެޅިފައިވާ ޔޫރަޕިއަން ޔޫނިއަންގެ ގަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިން އޮޑިޓްކޮށް ހުއްދަ ދޫކުރުމުގެ މަސައްކަތްކުރުން.
  4. އެކްސްޕޯޓްކުރުމަށްޓަކައި މަސްވެރިކަންކުރާ އުޅަނދުފަހަރާއި ޔޫރަޕިއަން ޔޫނިއަންއަށް އެކްސްޕޯޓްކުރުމަށް މަސް ބަންދުކުރާ ކާރުޚާނާތަކަށް މަސް ފޯރުކޮށްދޭ "ޓްރާންސްޕޯޓް އެންޑް ސްޓޯރޭޖް ވެސެލް"ތައް އިންސްޕެކްޓްކޮށް ހުއްދަ ދޫކުރުމާއި، މި އުޅަނދުފަހަރުތަކަށް ހުއްދަ ދޫކުރުމުގެ މަސައްކަތް މާލެއާއި އެހެން ރަށްރަށުގައި ކުރާގޮތް މޮނިޓަރކޮށް ޑޭޓާ ބެލެހެއްޓުން.
  5. ހެލްތު ސެޓްފިކޭޝަން ޔުނިޓްގެ ފެންވަރު ހިފެހެއްޓުމަށާއި މަތިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ސުޕަވައިޒަރުގެ ލަފާގެ މަތިން ހިންގާ މަސައްކަތްކުރުމަށް ހެދިފައިވާ ގަވާޢިދުތަކާއި މި ގަވާޢިދުތަކުގެ ދަށުން ޕްރޮސީޖަރތައް ހެދުމުގައި އެހީތެރިވުމާއި މި ޕްރޮސީޖަރތައް ތަންފީޒުކުރުމުގެ މަސައްކަތްކުރުން.
  6. މަސައްކަތްކުރާ ޝިފްޓްގައި ހިނގާ ކަންކަމުގެ ޒިންމާ ނެގުމާއި ޔުނިޓްގައި ދުވަހުންދުވަހަށް ދިމާވާ މައްސަލަތަކުގެ އިންސިޑެންޓް ރިޕޯޓް ހުށައެޅުމާއި އެކަންކަން ހައްލުކުރުމަށް ސުޕަވައިޒަރާއި އޮފީހުގެ ވެރިންނާއިއެކު މަސައްކަތްކުރުން.
  7. ރާއްޖޭގައި އުފައްދާ ކާބޯތަކެއްޗާއި ފުޅީގައި ބަންދުކުރި ފެން ތައްޔާރުކުރާ ތަންތަނާއި، ރާއްޖެއިން އެކްސްޕޯޓްކުރެވޭ ކާބޯތަކެތި އެކްސްޕޯޓްކުރާ ފަރާތްތަކާއި، އެކްސްޕޯޓްކުރުމަށްޓަކައި ކާބޯތަކެތި ބަންދުކުރާ ކާރުޚާނާތަކާއި، އައިސް ޕްލާންޓްތައް ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތްވާ ގޮތުގެ މަތިން ބަލާ ފާސްކުރުމާއި ރަޖިސްޓްރީ ކުރުމުގެ އެންމެހާ މަސައްކަތްކުރުން.
  8. ކާބޯތަކެތީގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ގަވާޢިދުތަކާއި، އުޞޫލުތަކާއި އެސް.އޯ.ޕީގައިވާ ގޮތުގެ މަތިން ކުރުމާއި، ކާބޯތަކެތީގެ ރައްކާތެރިކަމާއި ގުޅޭގޮތުން ތަމްރީނު އަދި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ސުޕަވައިޒަރުގެ ލަފާގެ މަތިން ރާވާ ހިންގުން.
  9. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ މެންޑޭޓް ހިންގުމަށްޓަކާ ފުޑް ކޮންޓްރޯލް ޑިވިޜަންގެ އެކްޝަން ޕްލޭން ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުމުގައި އެހީތެރިވެދިނުން.
  10. އޮފީހުގެ ރަސްމީ މަސައްކަތްތަކާއި ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހާ ކަންތައްތައް ކުރުން އަދި ސިއްޙީ އެމަޖެންސީތަކާއި، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވުން.

 

މަޤާމުގެ ޝަރުތުތައް

  1. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8  ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ތަޢުލީމީ ރޮނގުތައް:

  • ބަޔޯޓެކްނޮލޮޖީ
  • އެންވަޔަރަންމެންޓަލް ސައިންސް
  • ފުޑް ކެމިސްޓްރީ
  • ފުޑް ހައިޖީން
  • ފުޑް ލޯ
  • ފުޑް މައިކްރޯބަޔޮލޮޖީ
  • ފުޑް ސޭފްޓީ
  • ފުޑް ސައިންސް
  • ފުޑް ޓެކްނޮލޮޖީ
  • ފުޑް ޓޮކްސިކޮލޮޖީ
  • މައިކްރޯބަޔޮލޮޖީ

 

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން: ނެތް

 

 މަޤާމުގެ ކޯ ޑިސިޕްލިން:

  • ބަޔޯޓެކްނޮލޮޖީ
  • އެންވަޔަރަންމެންޓަލް ސައިންސް
  • ފުޑް ކެމިސްޓްރީ
  • ފުޑް ހައިޖީން
  • ފުޑް ލޯ
  • ފުޑް މައިކްރޯބަޔޮލޮޖީ
  • ފުޑް ސޭފްޓީ
  • ފުޑް ސައިންސް
  • ފުޑް ޓެކްނޮލޮޖީ
  • ފުޑް ޓޮކްސިކޮލޮޖީ
  • މައިކްރޯބަޔޮލޮޖީ

                                                     

ގުޅޭ ވަޒީފާގެ ދާއިރާ

  • އެންވަޔަރަމެންޓް
  • ބަޔޯޓެކްނޮލޮޖީ
  • ފުޑް ސައިންސް
  • މައިކްރޯބަޔޮލޮޖީ

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)   https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ   ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި   ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ   ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި   ޓްރާންސްކްރިޕްޓްގެ ކޮޕީ:

 (ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި   ޓްރާންސްކްރިޕްޓްގެކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ   ކޮޕީ (މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް ފިޔަވައި،   ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް   ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް   ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު   ހިމަނާފައިވާ ނަމައެވެ.

 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

 (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ   ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި   މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި   ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން   ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ   މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ   ތަފާތު  މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން   ދޫކޮށްފައިވާ ލިޔުން.

 (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ   ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް   (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ   އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 

 (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ،   އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)،   ވަޒީފާގެ  މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް)   ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ   މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން   ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

 (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ   އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ   ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި   މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި   ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް   ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

އަސާސީ ޝަރުޠު ހަމަވުން                       

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު          

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު  

5

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ          

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)            

20

އިންޓަރވިއު                               

35

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 07 ނޮވެމްބަރ 2022 ވަނަ ދުވަހުގެ 13:30 ގެ   ކުރިން [email protected]  އަށެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ،   އެ  ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު،   ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

 މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް   ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު، އިމްތިޙާނު، އޮންނާނެ ތަނާއި، މުއްދަތު:

 މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމެންޓް(އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)، އިންޓަރވިއު އޮންނާނީ،  2022 ނޮވެމްބަރ މަހު މިނިސްޓްރީ އޮފް ހެލްތު ތުން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މި   ވަޒީފާއަށް  ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އެސެސްމެންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)،   އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން

 އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި " ވާޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް   ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް) އާންމުކޮށް ފެންނާނެހެން މި އިދާރާގެ ވެބްސައިޓްގައި   އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް   އޮތްނަމަ  A2 ޝީޓް އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ   ޝަކުވާއެއް [email protected]   އަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3014423 ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް   ކުރައްވާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި   އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް   ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް> "ރެކްރޫޓްމެންޓް އުޞޫލު"   (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

29 އޮކްޓޫބަރު 2022
ހޯދާ