ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަން ކިއުމާއި ގުޅޭ

ބަހާރީހިނގުމާއި އިންވެ އެމަގުގެ ހުޅަނގުން، ސަންފާގެ މަގާއި އިންވެ އެމަގުގެ އުތުރުން (އޭއީސީ އޮފީސް ހިމެނޭކޮށި) ފުވައްމުލައް ސިޓީ ހޮސްޕިޓަލް އެޅުމަށް ނިންމާފައިވާ ބިމުގައި  ހުރި ނަންބަރު 01، 02، 03، 04، 05 06,17,16,15,14,13,12,11,10,09,08,07, ޖަހާފައިވާ ރުއްތަކުގެ ނީލަންކިޔުން 2022 ނޮވެމްބަރު 08 ވާ އަންގާރަ ދުވަހުގެ ހެދުނު 9:00 ގައި އެބިމުގައި އޮންނާނެއެވެ.

ވީމާ މި ނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2022 ނޮވެމްބަރު 08 ވާ އަންގާރަ ދުވަހު 9:00 އަށް އެސަރަޙައްދަށް ވަޑައިގެން ނީލަމުގައި ބައިވެރިވެ ދެއްވުން އެދެމެވެ. ނީލަމުން ރުއްގަސް ނަންގަވާ ފަރާތްތަކުން 2022 ނޮވެމްބަރު 10ގެ 12:00ގެ ކުރިން ފުވައްމުލަކު ސިޓީކައުންސިލަށް ފައިސާ ދައްކަވައި 2022 ނޮވެމްބަރު 14ވަނަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން އެތަކެތި އެތަނުން ނެންގެވުން އެދެމެވެ. މުއްދަތު ހަމަވާއިރު ނުނަންގަވާ ހުންނަ ތަކެތި އެއީ ބޭނުންނެތް ތަކެތި ކަމުގައި ބަލާ އުކާލެވޭނެއެވެ.

   މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

26 އޮކްޓޫބަރު 2022
ހޯދާ