|
ވަޒީފާގެ ފުރުޞަތު
|
|
ވަޒީފާގެ ދާއިރާ:
|
ޓްރާންސްޕޯރޓް، ލޮޖިސްޓިކްސް އެންޑް ކޮންސްޓްރަކްޝަން ޑިޕާރޓްމަންޓް
|
|
މަޤާމް:
|
ވެލްޑަރ
|
|
ބޭނުންވާ ޢަދަދު:
|
02
|
|
މުސާރަ:
|
-/8,000ރ އާއި -/12,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)
|
|
ފެންވަރު ނުވަތަ ޝަރުޠު:
|
ވެލްޑިންގ އެންޑް ފެބްރިކޭޝަން ދާއިރާއިން ސެޓްފިކެޓް ޙާޞިލްކޮށްފައިވުމާއި އެކު މަސައްކަތުގެ ދާއިރާއިން މަދުވެގެން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ؛ މަސައްކަތުގެ ދާއިރާއިން މަދުވެގެން 05 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން
|
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
- ވެލްޑިންގ މަސައްކަތާއި ގުޅިގެން ބޭނުންކުރާ އިކްއިޕްމަންޓް އާއި މެޝިނަރީ ސަރވިސްކޮށް/ މަރާމާތުކޮށް ރަނގަޅަށް ބެލެހެއްޓުން
- މަސައްކަތްތަކަށް ބޭނުންވާ ވެލްޑިންގ މަސައްކަތްތައް ޔުނިޓްގެ ވެރިން އަންގަވާ ގޮތުގެ މަތިން ކުރުން
- ޑިޕާރޓްމަންޓުން ރާވާފައިވާ މެއިންޓަނަންސް މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވެ ހަވާލުކުރެވޭ މަސައްކަތްތައް ސުޕަވައިޒަރު އަންގާގޮތެއްގެ މަތީން އެމަސައްކަތެއްކޮށް ނިންމުން.
- ކުންފުނީގެ ފަރާތުން ރަށުންބޭރުގައި (އަތޮޅުތަކުގެ ސްޓެލްކޯ އިންޖީނުގެ) މަސައްކަތްކުރަން ޖެހޭ ހާލަތެއްގައި އެރަށަކަށްގޮސް ހަވާލުވެފައިވާ މަސައްކަތްކުރުން.
|
|
މަޤާމް:
|
ސައިޓް ސްޕަވައިޒަރ
|
|
ބޭނުންވާ ޢަދަދު:
|
01
|
|
މުސާރަ:
|
-/8,000ރ އާއި -/16,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)
|
|
ފެންވަރު ނުވަތަ ޝަރުޠު:
|
ޕްރޮޖެކްޓްސް މެނޭޖްމަންޓް/ކޮންސްޓްރަކްޝަން ދާއިރާއިން އެޑްވާންސް ޑިޕްލޮމާ ނުވަތަ ޑިޕްލޮމާ ހާޞިލްކޮށްފައިވުމާއިއެކު މި ދާއިރާއިން މަދުވެގެން 07 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން
|
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
- ސައިޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތްތައް ރާވައި ހިންގުން.
- ސައިޓުގެ ސޭފްޓީ އަދި ސެކިއުރިޓީ ބެލެހެއްޓުމަށްޓަކައި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް މުވައްޒަފުން ޢަމަލުކުރޭތޯ ބެލުން
- ސައިޓަށް އަރައި ފައިބާ މީހުން މޮނިޓަރ ކުރުމަށްޓަކައި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް މަސައްކަތްކުރޭތޯ ބެލުން.
- ސައިޓުގެ ސާފުތާހިރުކަން ޔަޤީން ކުރުމަށްޓަކައި އެކަމަށް ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް މުވައްޒަފުން މަސައްކަތްކުރޭތޯ ބެލުން.
|
|
ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:
|
02 ނޮވެންބަރު 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން
|
|
ސުންގަޑި:
|
މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް ނުވަތަ [email protected] އަށް 02 ނޮވެންބަރު 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުން އެދެމެވެ.
|
|
އިންޓަވިއު:
|
އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.
|
|
ހުށަހަޅަން ޖެހޭ ލިޔުން:
|
- ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
- ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ
|
|
އިތުރު މަޢުލޫމާތު:
|
- މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
- ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
|
|
01 ރަބީޢުލްއާޚިރު 1444
26 އޮކްޓޫބަރު 2022
|