|
ވަޒީފާގެ ފުރުޞަތު
|
|
މަޤާމް:
|
އޮފިސަރ
|
|
ވަޒީފާގެ ދާއިރާ:
|
ފައިނޭންސް އެންޑް އެކައުންޓްސް ޑިޕާރޓްމަންޓް (ކްރެޑިޓް ކޮންޓްރޯލް)
|
|
ބޭނުންވާ ޢަދަދު:
|
02
|
|
އަސާސީ މުސާރަ އާއި އެހެނިހެން އެލަވަންސް:
|
-/8,000ރ އާއި -/15,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)
|
|
ފެންވަރު ނުވަތަ ޝަރުޠު:
|
- ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުގެ 02 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން ނުވަތަ؛
- ޖީ.ސީ.އީ އޯލެވެލް ފެންވަރަށް ތައުލީމް ޙާޞިލްކޮށްފައިވުމާއި އެކު ފައިނޭންސް ދާއިރާއިން ޑިޕްލޮމާ އެއް ޙާޞިލްކޮށްފައިވުން ނުވަތަ؛
- ޖީ.ސީ.އީ އޯލެވެލް ފެންވަރަށް ތައުލީމް ހާސިލްކޮށްފައިވުމާއި އެކު ފައިނޭންސް ދާއިރާއިން ލެވެލް 04 ގެ ސެޓްފިކެޓެއް ހާސިލްކޮށް މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން 02 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
|
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
- ކަސްޓަމަރ ސާރވިސަސް އެންޑް ބިލިންގ ޑިޕާރޓްމަންޓުން ޙިއްސާ ކުރާ އައުޓްސްޓޭންޑިންގ ލިސްޓަށް އަންނަ ބަދަލްތައް ބެލުން.
- ފިނޭންސް މިނިސްޓްރީން ޕޭމަންޓް ރެޖިސްޓަރ ހޯދައި ސަރުކާރު އިދާރާތަކުން ސެޕް އަށް ޕޭމަންޓް އަޅާފައިވާ ޢަދަދުތަކާއި ޕޭމަންޓް އަޅާފައިވާ އިދާރާތައް ކަށަވަރު ކުރުން.
- އައުޓްސްޓޭންޑިންގ ލިސްޓް ބެލުމަށާއި ކުރަންހުރި އެންމެ މުހިންމު މަސައްކަތްތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ރިސީވަބަލްސް މުވައްޒަފުން ޔުނިޓް ހެޑާއި އެކު ކޮންމެ ދުވަހަކު މީޓިންގ ބޭއްވުން.
- އައުޓްސްޓޭންޑިންގ އެންމެ ބޮޑުވެފައި ހުރި ތަންތަން ފާހަގަ ކޮށް ފައިސާ ނުދައްކާ ހުރި ބިލްތަކަށް ފައިސާ ދެއްކުމަށް އެދި އެތަންތަނަށް ސިޓީ ފޮނުވުން.
|
|
ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:
|
02 ނޮވެންބަރު 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން
|
|
ސުންގަޑި:
|
މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 02 ނޮވެންބަރު 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.
|
|
އިންޓަވިއު:
|
އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.
|
|
ހުށަހަޅަން ޖެހޭ ލިޔުން:
|
- ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
- ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ
|
|
އިތުރު މަޢުލޫމާތު:
|
- މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
- ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ނުވަތަ ޝަތުރު ހަމަވެ ޝޯޓްލިސްޓް ވާ ފަރާތްތަކާއި އިންޓަވިއުކޮށް ޝޯޓްލިސްޓް ވި ފަރާތްތަކުގެ ތެރޭގައި ވަޒީފާއަށް އެކަށީގެންވާ ފަރާތެއް ނެތް ނަމަ ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
|
|
01 ރަބީޢުލްއާޚިރު 1444
26 އޮކްޓޫބަރު 2022
|