ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ކުޅުދުއްފުށި ސިޓީ ކައުންސިލްއާއި ސްމޯލްއައިލެންޑް ޖޯގްރަފިކް ސޮސައިޓީއާއި ގުޅިގެން ކުޅުދުއްފުށީގައި އިޖްތިމާއީ އަދީ އިޤްތިސޯދީ ބޭސްލައިން ދިރާސާއެއް ހެދުމަށް ކުރެވޭ ސަރވޭގެ އަމަލީ މަސައްކަތް ފެށުން

ހދ.ކުޅުދުއްފުށި ސިޓީ ކައުންސިލްއާއި ސްމޯލްއައިލެންޑް ޖޯގްރަފިކް ސޮސައިޓީއާއި ގުޅިގެން ކުރެވޭ މިސަރވޭ އަކީ "ސަސްޓައިނަބަލް ލައިވްލިހުޑް އެންޑް އެކޮނޮމިކް ރިކަވަރީ ޕްލޭނިން ޕްރޮޖެކްޓް" ގެ ދަށުން ކުޅުދުއްފުށީގެ އިޖްތިމާއީ އަދި އިޤްތިސޯދީ ބޭސްލައިން ދިރާސާއެއް ކުރުމަށް ކުރެވޭ ސަރވޭ އެކެވެ. މިޕްރޮޖެކްޓަކީ އޮސްޓްރޭލިއާ ސަރުކާރުގެ ޑައިރެކްޓް އެއިޑް ޕްރޮގްރާމް ގެ ދަށުން ހިންގޭ ހަރަކާތެކެވެ. މިސަރވޭ ކުރިއަށްދާނީ 25 އޮކްޓޯބަރ 2022 އިން ފެށިގެން 29 އޮކްޓޯބަރ 2022 ގެ ނިޔަލަށެވެ. މިސަރވޭގައި ޒިޔާރަތްކުރާނެ ގެތަށް ހޮވިފައިވާނީ ރެންޑަމް އުސޫލުންނެވެ. މައޫލޫމާތު ނެގުމަށް ގެތަކަށް ޒިޔާރަތްކުރާ ޓީމް އަކީ އަޅުގަނޑުމެންގެ ޓީމްކަން އަންގައިދޭ ކާޑު އަޅައިން ތިބި އަޅުގަނޑުމެންގެ ޓީމްތޯ ޔަގީން ކުރުމަށްފަހު މައުލޫމާތު ދެއްވުމަށް ސަމަލާކަންދޭންވާނެއެވެ. ވީމާ  މިދެންނެވިހެން ކުޅުދުއްފުށި ސިޓީގެ ހުރިހާ ރައްޔިތުންވެސް މިސަރވޭއަށް އެއްބާރުލުން ދިނުމަކީ ކައުންސިލް އިދާރާގެ ވަރަށް ބޮޑު އެދުމެކެވެ.

24 އޮކްޓޫބަރު 2022
ހޯދާ