ގއ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ލޭބަރ ރޫމްގައި ހުރި މަރާމާތްތައް ކޮށްދެނޭ ފަރާތެއް ހޯދުމަށް، ގއ. އަތޮޅު ހޮސްޕިޓަލް

            

 ނަމްބަރު:  (IUL)GAAH/GAAH/2022/33

އިޢުލާން

 މި ހޮސްޕިޓަލުގެ ލޭބަރ ރޫމްގައި ހުރި މަރާމާތްތައް ކޮށްދެނޭ ފަރާތެއް ހޯދުމަށް.

            މި ހޮސްޕިޓަލުގެ ފޯރުކޮއްދޭ މަޢުލޫމާތާއި އެއްގޮތަށް " ލޭބަރ ރޫމްގައި " ހުރި ބައެއް މަރާމާތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

            ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 25 އޮކްޓޫބަރ 2022 ވާ ( އަންގާރަ ) ދުވަހުގެ މެންދުރު 13.30 އަށް މި ހޮސްޕިޓަލުގެ އިދާރީ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު، 08 ނޮވެމްބަރ 2022 ވާ ( އަންގާރަ ) ދުވަހުގެ 13.30 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތައް، ގަޑި ޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތައް އަދި  މަޢުލޫމާތުތައް ފުރިހަމަ ނުކުރައްވައި ހުށަހަޅުއްވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައި ނުގަނަވޭނެ ވާހަކަ ދަންނަވަމެވެ.

                              މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ޤާނޫނު ނަންބަރު: 2014/18 (ވިޔަފާރި ރަޖިސްޓަރީ ކުރުމާބެހޭ ޤާނޫނު) ނުވަތަ 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އަމިއްލަ ފަރުދުންގެ ވިޔަފާރިތައް ނުވަތަ ކުންފުނިތަކުގެ ފަރާތުން ބަދަލުގައި މީހަކު ވަޑައިގަންނަވާނަމަ، ކުންފުނީގެ ލިޔުމަކާއެކު ވަޑައިގެންނެވުން އެދެމެވެ.

                މިހެންވެ މިކަން އާންމުކޮށް  އަންގާ އިޢުލާންކުރީމެވެ. 

19 އޮކްޓޫބަރު 2022
ހޯދާ