ދިވެހިރާއްޖެ
ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
| މަޤާމް: | އޮފިސަރ، ސޭލްސް އޮޕަރޭޝަން | 
| ޑިޕާޓްމަންޓް: | ސޭލްސް އެންޑް މާކެޓިންގް | 
| ބޭނުންވާ ޢަދަދު: | 01 | 
| ވަޒީފާގެ ބާވަތް: | ވަގުތީ | 
| މުއްދަތު: | 6 މަސް ދުވަސް | 
| މަސްޢޫލިއްޔަތު: | - ކަސްޓަމަރުންގެ ފޯން ކޯލްތަކާއި ދިމަވާ މައްސަލަތަކަށް ޖަވާބުދީ ސޭލްސް އޯޑަރުތައް ނެގުން - ލޮޖިސްޓީކްސް ޑިޕާޓްމަންޓާއި މުޢާމަލާތްކޮށް ކުންފުނީގެ ތެޔޮ ޑެލިވަރީތައް ތާވާލުކުރުން - ސޭލްސް ރިޕޯޓުތައް ޤަވާއިދުން ތައްޔާރުކުރުން | 
| ޝަރުތުތައް: | ޖީސީއީ އޯލެވެލް 04 މާއްދާއިން ފާސް ވެފައި ވުން މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 1 އަހަރުގެ ތަޖުރިބާ ހުރުން | 
| މުސާރަ: | 8،000ރ | 
| މަސައްކަތަށް ނިކުންނަން ޖެހޭ ތަން: | ހެޑް އޮފީސް | 
ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 2022 އޮކްޓޯބަރ 22 ވާ ހޮނިހިރު ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ޕޮލިސް ރިޕޯޓް އާއި އެކު މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ. އެޕްލިކޭޝަން ފޯމުލިބިލައްވާނީ ކުންފުނީގެ ވެބްސައިޓްއިންކަން ދަންނަވަމެވެ.
އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3032510/3331421 ނަންބަރަށް ގުޅުއްވުން އެދެމެވެ.
 
                    