އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް 2022 މުބާރާތް ހިނގަމުންދާއިރު 02 ކެންޓީން ކުއްޔަށް ދޫކުރުމަށް ފުރުޞަތު ހުޅުވާލުން

އިޢުލާން  

" އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް 2022 " މުބާރާތް ހިނގަމުންދާއިރު 02 ކެންޓީން ކުއްޔަށް ދޫކުރުމަށް ފުރުޞަތު ހުޅުވާލުން 

އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕް 2022 ގެ ނަމުގައި އައްޑޫސިޓީ ކައުންސިލުން ކުރިއަށް ގެންދާ ފުޓްބޯޅަ މުބާރާތް، 2022 އޮކްޓޫބަރު 29 ގައި އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތް ހިނގަމުންދާއިރު 02 ކެންޓީން ހިންގުމަށް ސްޓޯލް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވެއެވެ. އެންމެ މަތީ އަގު ހުށަހަޅާ 02 ފަރާތަކަށް ކެންޓީން ދޫކުރުމަށް ހަމަޖެހިފައިވާތީ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2022 އޮކްޓޫބަރު 23 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާގެ ސޯޝަލް ސަރވިސް ސެކްޝަން ގެ މެއިލް [email protected] އަށް ޕްރޮޕޯޒަލް ހުށަހަޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި މި އިދާރާގެ ފޯނު ނަންބަރު 6885003 އަށް ގުޅުއްވުން އެދެމެވެ.

23 ރަބިޢުލްއައްވަލު 1444

19  އޮކްޓޫބަރު 2022

19 އޮކްޓޫބަރު 2022
ހޯދާ