ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެރިފަރާތްހޯދުން

ފުވައްމުލަކު އިވްނިންގުވިލާ ގޯތީގެ އިރުން އޮތް ހުސްބިމުގައި އިވްނިންގުވިލާ ގޯއްޗަށް ދަތިވާގޮތަށް ހުރި، ނަންބަރު 01 ޖަހާފައިވާ ފޯދުނު ޖާފާނު ރުކުގެ ވެރި ފަރާތް ހޯދުމަށް ކުރެވުނު ނަންބަރ:(IUL)468-LID/468/2022/282 (08 ސެޕްޓެމްބަރ 2022) އިޢުލާން ބާޠިލްކޮށް އެރުކުގެ ވެރިފަރާތް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ މި ރުކުގެ ވެރިފަރާތެއް ވާނަމަ 2022 އޮކްޓޫބަރު 26 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، ރުއްތައް ރަޖިސްޓްރީކޮށްފައިވާކަމުގެ ލިޔުމުގެ ކޮޕީއެއް ނުވަތަ މިލްކުވެރިކަން އަންގައިދޭ ލިޔުމުގެ ކޮޕީއެއް ފުވައްމުލަކު ސިޓީކައުންސިލް އިދާރާގެ ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސެކްޝަން (ކުރީގެ ފުވައްމުލަކު އޮފީސް) އަށް ހުށަހެޅުއްވުން އެދެމެވެ.

18 އޮކްޓޫބަރު 2022
ހޯދާ