ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެރިފަރާތްހޯދުން

ތިރީގައިވާ މިދަންނަވާ ރުއްގަހުގެ މިލްކުވެރިފަރާތް ހޯދުމަށް ބޭނުންވެއެވެ.   

  • ފުވައްމުލަކު ދަޑިމަގުފަންނުގެ އުތުރުން މުޙައްމަދު ޖަމާލުއްދީން ނާއިބުތުއްތު މަގާއި އިންވެގެން އޮތް ހުސްބިމުގައި ހުރިރުއްތަކުގެ ތެރެއިން ނަންބަރު 1 އަދި 2 ޖަހާފައިވާ ދެރުއް.
  • ފުވައްމުލަކު އަރުއްފަންނުގެ އުތުރުން މުޙައްމަދު ޖަމާލުއްދީން ނާއިބުތުއްތު މަގާއި އިންވެގެން އޮތް ހުސްބިމުގައި ހުރި ރުއްތަކުގެ ތެރެއިން ނަންބަރު 13،12،11،10،9،8،7،6،5،4،3،2،1،14 ޖަހާފައިވާ ރުއްތައް.
  • ފުވައްމުލަކު ކުޅޭފެފަންނުގެ ދެކުނުން މުޙައްމަދު ޖަމާލުއްދީން ނާއިބުތުއްތު މަގާއި އިންވެގެން އޮތް ހުސްބިމުގައި ހުރި ރުއްތަކުގެ ތެރެއިން ނަންބަރު 1،2،3 ޖަހާފައިވާ ރުއްތައް.
  • ފުވައްމުލަކު މިސްކިތްފަންނުގެ އުތުރާއި ދެކުނުން މުޙައްމަދު ޖަމާލުއްދީން ނާއިބުތުއްތު މަގާއި އިންވެގެން އޮތް ހުސްބިމުގައި ހުރި ރުއްގަހުގެ ތެރެއިން ނަންބަރު 1 ޖަހާފައިވާ ފުނަގަހާއި ނަންބަރު 2،3 ޖަހާފައިވާ ރުއްތައް.
  • ފުވައްމުލަކު ޅޮހޮފަންނުގެ ހުޅަނގުން މުޙައްމަދު ޖަމާލުއްދީން ނާއިބުތުއްތު މަގާއި އިންވެގެން އޮތް ހުސްބިމުގައި ހުރި ރުއްތަކުގެ ތެރެއިން ނަންބަރު 1 ޖަހާފައިވާ ރުއް.

 

ވީމާ، މިރުއްގަހުގެ މިލްކުވެރި ފަރާތެއް ވާނަމަ 2022 އޮކްޓޫބަރު 26 ވާ ބުދަ ދުވަހުގެ 13:00 ގެކުރިން ރުއްގަސް ރަޖިސްޓްރީކޮށްފައިވާކަމުގެ ލިޔުމުގެ ކޮޕީއެއް ނުވަތަ މިލްކުވެރިކަން އަންގައިދޭ ލިޔުމުގެ ކޮޕީއެއް ފުވައްމުލަކު ސިޓީކައުންސިލް އިދާރާގެ ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސެކްޝަން (ކުރީގެ ފުވައްމުލަކު އޮފީސް) އަށް ހުށަހެޅުއްވުން އެދެމެވެ.

18 އޮކްޓޫބަރު 2022
ހޯދާ