ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނަރުގިސްމަގުން ހިގާ މީހުންނާއި ދުއްވާ ތަކެއްޗަށް ދަތިވާ 2 ރުކުގެ ވެރިފަރާތް ހޯދުމަށް

ފުވައްމުލަކު ނަރުގިސްމަގުން ހިގާމީހުންނާއި ދުއްވާ ތަކެއްޗަށް ނުރައްވާ ގޮތަށް ހުރެގެން ނަންބަރ 2،1 ޖަހާފައިވާ ތިރީގައި މިދަންނަވާ ފޯދުނު 02 (ދޭއް) ދިވެހި ރުކުގެ ވެރިފަރާތް ހޯދުމަށް ބޭނުންއެވެ.

ނަންބަރ 01 ޖަހާފައިވާ ރުއް (މަހިލަނބުގޯޅީގެ އިރުން އޮތް ހުސްބިމުގައި)

ނަންބަރ 02 ޖަހާފައިވާ ރުއް ( ފެންގަޑިމަގާއި ތިމާވެށިއާއި ދެމެދު އޮތް ހުސްބިމުގައި)

ވީމާ މިރުއްރުކުގެ މިލްކުވެރި ފަރާތެއްވާނަމަ 2022 އޮކްޓޯބަރ 26 ވާ ބުދަ ދުވަހުގެ 14:00 ގެކުރިން އެރުކަކީ ރަޖިސްޓްރީ ކުރެވިފައިވާ ރުކެއްކަން އެނގޭނެ ނުވަތަ ރުކުގެ މިލްކުވެރިކަން އެނގޭނެ ލިޔުމާއިއެކު މިއިދާރާގެ ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ ޑިވަލޮޕްމަންޓް ސެކްޝަން (ކުރީގެ ފުވައްމުލަކު އޮފީސް) އަށް ހުށަހެޅުއްވުން އެދެމެވެ.    

18 އޮކްޓޫބަރު 2022
ހޯދާ