ދިވެހިރާއްޖެ
ނޫނު އަތޮޅު ބިމާ، ފަރާ ފަޅުގެ ލޭންޑް ޔޫސް ޕްލޭންތައް ހިންގުމަށާއި، ދިރާސާކޮށް މައުލޫމާތު ބެލެހެއްޓުމަށާއި، މައުލޫމާތު އާއްމުކުރުމަށާއި އަދި އެތަންތަން އެކި ބޭނުންތަކަށް ދޫކުރުމަށް މިންކޮށް ހިސާބުކުރުމަށް ޑްރޯން ޓެކްނޮލޮޖީ ނިޒާމް ތައާރަފްކުރުމަށް ބޭނުންވާ ޑްރޯން، ސޮފްޓްވެއަރ އަދި މޮބައިލް ސްޓޭޝަން އަދި މުވައްޒަފުންގެ ތަމްރީނު ފޯރުކޮށްދޭނެ ފަރާތެއް ހޯދުން.
ނ. އަތޮޅު ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ޑްރޯން ، ޑްރޯން ސޮފްޓްވެއަރ އަދި ޑްރޯނަށް ބޭނުންވާ މޯބައިލް ސްޓޭޝަން ހޯދައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ބީލަން ރަޖިސްޓްރީކުރުން
ވީމާ މިތަކެތި ފޯރުކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާވަލާއި އެއްގޮތަށް ބީލަން ހުށަހެޅުމުގެ ކަންކަން ކުރިއަށް ގެންދެވުން އެދެމެވެ. ބީލަމުގައި ރަޖިސްޓަރީ ކުރެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން (ބިޑްރަޖިސްޓަރީކުރާ ފޯރމް) މިލިންކަށް ވަދެ ފޯމް ފުރިހަމަ ކުރެއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓަރީވާ ފަރާތްތަކަށް އީމެއިލް ([email protected] ) މެދުވެރިކޮށް ބީލަމާއިގުޅޭ މައުލޫމާތުތައް މިއިދާރާއިން ފޯރުކޮށްދެވޭނެއެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
| ތަފްސީލް | ތާރީޚް | ވަގުތު | 
| ބީލަމުގައި ރަޖިސްޓްރީ ކުރުން | 18 އޮކްޓޯބަރ 2022 ން 24 އޮކްޓޯބަރ 2022 އަށް | 24 އޮކްޓޯބަރ 2022 14:00 އަށް | 
| މައުލޫމާތު ސާފުކުރެވޭނެ އެންމެ ފަހުގެ ތާރީޚު (އީމެއިލްގެ ޒަރީއާއިން) | 26 އޮކްޓޯބަރ 2022 | 13:00 | 
| އަންދާސީ ހިސާބު ހުށަހެޅުން | 7 ނޮވެމްބަރ 2022 | 13:00 | 
ބީލަމާގުޅޭ ތާވަލު:
އަންދާސީ ހިސާބު ހުށަހެޅުން
މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތާވަލުގައި ދެންނެވިފައިވާ ދުވަހު ދެންނެވިފައިވާ ގަޑިއަށްނ. އަތޮޅު ކައުންސިލްގެ އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތަކާއި، މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކައުންސިލްގެ އިދާރާއަށް ލިބިގެންވެއެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 6560012، 6560028 އެވެ.
 
                    