ގދ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް :އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

`

 
 

ގދ. އަތޮޅު މަދަރުސާ

ގައްދޫ

ދިވެހިރާއްޖެ

 

 

 

Gaaf Dhaal Atoll School         

Gadhdhoo

Republic of Maldives

އިޢުލާން

                                   ނަންބަރު: GS30/IUL/2022/13  

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-359573

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ (06 މަސް ދުވަސް)

މަޤާމުގެ ރޭންކު:

ޖީ.އެސް 3  

މުސާރަ:

5965.00ރ ( މަސައްކަތްކުރާ ވަގުތަށް ބަލައިގެން)

* ދުވާލަކަށް ދެވޭނެ މިންވަރު (6 ގަޑިއިރުގެ މަސައްކަތަށް 271.14 ރ

* 1 ގަޑިއިރަށް ދެވޭނެ އުޖޫރައިގެ މިންވަރު 45.19 ރ

 

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ގދ. އަތޮޅުމަދަރުސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- މަދަރުސާއަށް  ގަންނަންޖެހޭ ތަކެތި ގަތުމަށް މުދަލާއި ފައިސާއާ ބެހޭ ޤަވާއިދުގައި ހަމަޖެހިފައިއޮންނަ ގޮތުގެމަތީން ތައްޔާރުކުރަންޖެހޭ އެންމެހައި ލިޔުންތައް ތައްޔާރުކޮށް ތަކެތި ގަތުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، މަރާމާތުކުރުމަށާއި ކުއްޔަށް ނުވަތަ އަނބުރާ ދައްކާގޮތަށް ދޫކުރެވޭ އެންމެހައިތަކެތި ހަމަޖެހިފައިއޮންނަ ޤަވާޢިދުތަކާއި އެއްގޮތްވާ ގޮތުގެމަތީން މުދަލާއި ފައިސާގެ މަސައްކަތާއި ޙަވާލުވެ ހުންނެވި ވެރިއެއްގެ ހުއްދަހޯދައިގެން ދޫކޮށް ބަލައިގަތުމުގެ އެންމެހައި މަސައްކަތްތައް ކުރުން.

2. މަދަރުސާއަށް ހޯދާ ޚިދުމަތްތަކާއި ގަންނަތަކެތީގެ އަގު ކުއްޔަށް ހިފާ ތަންތަނުގެ ކުލީގެ ބިލްތައް އަދާކުރުމަށް،މަދަރުސާއިން ޙަވާލުކުރަންޖެހޭ ހުރިހާ ފައިސާއެއް ކަނޑައެޅިފައި އޮންނަ މުއްދަތުގައި ޙަވާލުކުރުން.

3. މަދަރުސާއަށް ހޯދާ ޚިދުމަތްތަކުގެ އަގާއި ގަންނަތަކެތީގެ އަގު އަދި ކުއްޔަށް ހިފާ ތަންތަނުގެ ކުލި ހޯދުމަށް ހުށަހަޅާ ބިލްތަކުގެ މަޢުލޫމާތު ލިބޭ ބިލްނޯޓްކުރާ ފޮތުގައި ލިޔުމާއި،  ބިލްތަކަށް ފައިސާ ދެއްކުމަށް ފަހު ބިލްތަކާއި ފައިސާއާއިބެހޭ އެންމެހައި ލިޔުންތައް ފައިލްކުރުން. މަދަރުސާ އަށް ހޯދަންޖެހޭ (ތަކެއްޗާއި ތަކެތީގެ ކުލިފަދަ ) ފައިސާ ހޯދައި މަދަރުސާއަށް ލިބެންޖެހޭ އަދި ލިބޭ އެންމެހައި ފައިސާތަކާއިބެހޭ މައުލޫމާތުތައް ކަނޑައެޅިފައިވާ ޤަވާޢިދާއެއްގޮތަށް ފޮތްތަކުގައި ލިޔެ ރެކޯޑްތައް ބެލެހެއްޓުން. އަދި މަދަރުސާއަށް ހޯދާ ޚިދުމަތްތަކާއި ގަންނަތަކެތީގެ އަގު އަދި ކުއްޔަށް ހިފާ ތަންތަނުގެ ކުލީގެ ބިލްތައް އަދާކުރުމަށް ، ލިޔެވޭ ލިޔުންތައް ޗެކްކުރުން .

4. މަދަރުސާގެ އެކިއެކި ފަންޑުތަކަށް (ޕީ.ޓީ.އޭ ފަންޑު ، ސްކޫލް ފަންޑު، އެކިއެކި ފައިސާ ފަދަ ) ލިބޭ އަދި ޚަރަދުކުރެވޭ ފައިސާތަކާއިބެހޭ މަޢުލޫމާތުތައް ފޮތްތަކުގައި ލިޔެ ބިލްތަކާއި ފައިސާއާއިބެހޭ ލިޔުންތައް ފައިލްކޮށް ބެލެހެއްޓުމާއި ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތަށް ބަޖެޓް ރިޕޯރޓް، (ރިކޮންސިލޭޝަންތަކާއެކު ) ކޮންމެ މީލާދީމަހެއް ނިމުނުން ތައްޔާރުކޮށް ހަމަ އެމަހުގެ 10 ވަނަ ދުވަހުގެ ކުރިން ފޮނުވަންޖެހޭ ފަރާތްތަކަށް  ފޮނުވުމާއި  ސްކޫލްފަންޑުގެ  ޚަރަދުރިޕޯޓް އަދި ޕީ.ޓީ.އޭ ފަންޑުގެޚަރަދު ރިޕޯރޓް (ރިކޮންސިލޭޝަންތަކާއެކު) ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން .  އަދި ކޮންމެ އަހަރެއް ނިމުނުން މާލީ ހިސާބު ރައްޔާރުކޮށް ފޮނުނުން.

5. ސްކޫލުގެ އެންމެހައި ޢިމާރާތްތައް މަރާމާތު ކުރުމަށް ބީލަން ތައްޔާރުކުރުމާޢި އެކަމާ ގުޅޭ އެހެނިހެން މަސައްކަތްތައް ކުރުން. އަދި އިޢުލާންނުކޮށް ކުރެވޭ މަރާމާތްތައް މާލިއްޔަތުގެ ޤަވާއިދާ އެއްގޮތަށް ކުރުން. ވަގުތުން ހައްލު ކުރަންޖެހޭ ކުދިކުދި ކަންތައްތައް މުވައްޒަފުންގެ އެހީތެރިކަމާއެކު ހައްލުކުރުން.

6. ޓެބްލެޓް އިންވެންޓްރީ ބެލެހެއްޓުމާއި ، ޓެބްލެޓް އެންރޯލްކޮށް، ޓެބްލެޓާއި ގުޅުންހުރި އެންމެހާ ކަންތައްތައް ކުރުން

7. މަދަރުސާއިން ވަކިވާ ދަރިވަރުންގެ ލީވިންގެ ސެޓްފިކެޓް ތަކާއި، މަދަރުސާގެ ފަރާތުން ފާހަގަކުރާ މުބާރާތްތަކާއި މުނާސަބަތުތަކާޢި އަދި އެހެނިހެން ޚާއްޞަ ކަންތައްތަކާއި ގުޅިގެން، ތައްޔާރުކުރަންޖެހޭ ސެޓްފިކެޓްތަކާއި ހަދާނީ ލިޔުންތައް ތައްޔާރު ކުރުން.

8. އެކިއެކި ބޭނުންތަކުގައި އޮފީހަށް އަންނަ ފަރާތްތަކަށް ސަރވިސް ދިނުމުގައި، އަދި މުޢާމަލާތު ކުރުމުގައި މަޑުމައިތިރިކަމާއިއެކު އެމީހުންގެ ބޭނުންތަކަށް މަގުފަހިކޮށްދިނުން

9. ސެކްޝަނުގެ މުވައްޒަފަކު އޮފީހަށް ހާޒިރު ނުވުމުގެ ސަބަބުން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

10. އިސްވެރިޔާ ނުވަތަ ސެކްޝަނުގެ ވެރިއަކު އަންގަވާ އޮފީހުގެ މަސައްކަތް ކުރުމާއި މިނޫނަސް އޮފީހުން ރާވައި، ހިންގައި، އެންމެހައި ކަންތަކުގައި ބައިވެރިވެ އެކަންތައް ކުރުން.

 

މަޤާމުގެ ޝަރުޠުތައް:

ސާނަވީ ނުވަތަ އެއާއި އެއްވަރުގެ އިމްތިހނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑްރީ ސްކޫލް ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހ" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ހާސިލްކޮށފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
  3. 3.       ގާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23 އޮކްޓޯބަރ 2022  ގެ 14:00 ގެ ކުރިން، ގދ. އަތޮޅުމަދަރުސާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 24 އޮކްޓޯބަރ 2022 އާއި 02 ނޮވެމްބަރ 2022 އާ ދެމެދު، ގދ. އަތޮޅުމަދަރުސާގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (7983083) އަށެވެ. އީ-މެއިލް ކުރާނީ ([email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

                17 އޮކްޓޯބަރ 2022            

 

                                                ފާތުމަތު ނާހިދާ     

                                               ޕްރިންސިޕަލް   

17 އޮކްޓޫބަރު 2022
ހޯދާ