ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު
| 
 މި ސްކޫލުގެ، ތިރީގައިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.  | 
|
| 
 މަޤާމު  | 
 އެޑްމިނިސްޓްރޭޓިވް އޮފިސަރ  | 
| 
 ބޭނުންވާ އަދަދު  | 
 1  | 
| 
 މަސައްކަތް ކުރައްޖެހޭ ތަނާއި ސެކްޝަން  | 
 އުނގޫފާރު ސްކޫލް، އެޑްމިނިސްޓްރޭޝަން  | 
| 
 ރޭންކް  | 
 ޖީ.އެސް 3  | 
| 
 ކްލެސިފިކޭޝަން  | 
 އޮފިސަރ ގްރޭޑް 1  | 
| 
 މުސާރަ  | 
 4465.00  | 
| 
 ސަރވިސް އެލަވަންސް  | 
 1500.00  | 
މަޤާމުގެ ޝަރުޠުތައް:
1- އެޑްމިނިސްޓްރޭޝަން/މެނޭޖްމެންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމެންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތައް:
1- ސްކޫލުގެ ޚިދުމަތަށް ގެނެވޭ ތަކެތީގެ ބިލް އެންޓްރީކުރުމާއި، ބިލާ ގުޅޭ އެންމެހައި ލިޔެކިޔުންތައް ހަމަކުރުން.
2- ބިލްތަކުގެ ޑޮކިއުމެންޓްތައް ހަމަވުމުން، ކޮންމެ ބިލެއްގެ ޚަރަދު ކޯޑާއި ބަޖެޓް ބާކީ ޖެހުން.
3- ޕޭމަންޓް ވައުޗަރުތައް، ވައުޗަރ ރަޖިސްޓްރީއަށް އެރުވުމާއި، ވައުޗަރާއި ޗެކްލިސްޓް ހެދުން.
4- ބިލްތަކުގެ ޚަރަދު ވައުޗަރުތަކުގައި ބަޔާންކުރާ ކޯޑުތަކާ އެއްގޮތަށް ބަޖެޓް ޑޭޓާ ޝީޓަށް އެންޓަރކުރުން.
5- ހެދޭ ޕޭމަންޓް ވައުޗަރުތަކުގެ ސޮފްޓް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
6- ސްކޫލްގެ ކޭޝްފްލޯރ ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން.
7- ކޮންމެ މީލާދީ މަހެއްގެ 18 ގެ ކުރިން، ހިންގުމުގެ ޚަރަދު ޕޭމަންޓް ވައުޗަރާއި މުސާރަ ވައުޗަރ ހަދާފައި މިނިސްޓްރީއަށް ފޮނުވުން.
8- އެޑްވާންސް ފައިސާގެގޮތުގައި ގެނެވޭ ފައިސާ ބަޖެޓް ޝީޓަށް އެންޓަރކުރުން.
9- ސްކޫލުގެ ބަޖެޓް ބާކީ ފޮތް ބެލެހެއްޓުން.
10- ކޮންމެ މީލާދީ މަހެއްގެ 8 ގެ ކުރީން ތިރީގައިވާ ރިޕޯޓްތައް ހަދާފައި މިނިސްޓްރީއަށް ފޮނުވުން.
- ބަޖެޓް ރިޕޯޓް
 - އެޑްވާންސް ފައިސާ ރިޕޯޓް
 - އެހެނިހެން ފަންޑުތަކުގެ ރިޕޯޓް
 
11- ކޮންމެ މީލާދީ އަހަރެއް ނިމި ޖެހިގެން އަންނަ އަހަރެއްގެ ފެބުރުވަރީމަސް ނިމުމުގެ ކުރީން މާލީ ހިސާބުތައް ހަދާފައި މިނިޓްރީއަށް ފޮނުވުން.
ހުށަހަޅަންޖެހޭ މަޢުލޫމާތުތައް:
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް (www.csc.gov.mv ) ން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
 - ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދްމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތީލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
 - ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރުމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ).
 - ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
 - ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ ފޯމެޓް، މި ސްކޫލުގެ އޮފީހުން ލިބެންހުންނާނެއެވެ.)
 - ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފެއްނަމަ، މަސައްކަތްކުރާ އިދާރާއަކުން ދޫކުރާ "މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސައްކަތުގެ އުޅުމާއި އަޚްލާޤުހުރިގޮތް ބަޔާންކުރާ ފޯމް".
 
އިތުރު މައުލޫމާތު
- މި ޢިއުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ 6580262 މި ނަންބަރު ފޯނާއެވެ.
 - ވަޒީފާއަށްއެދި ހުށައަޅާ ފޯމާއެކު، ވަޒީފާއަށްއެދި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަވެފައިނުވާނަމަ، އެ ފޯމް ބާޠިލުކުރެވޭނެއެވެ.
 - މި މަޤާމަށް އިންޓަރވިއުކުރުމަށް ޝޯޓްލިސްޓްކުރެވޭނީ، މަޤާމަށް ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި، އެންމެ ގިނަ ޕޮއިންޓް ލިބުނު ފަރާތްތަކުގެ ތެރެއިން މި އޮފީހުން ކަނޑައަޅާ އަދަދެއްގެ ފަރާތްތަކަވެ. އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވުނުކަން އަންގާނީ ޝޯޓްލިސްޓްކުރެވުނު ފަރާތްތަކަށް އެކަންޏެވެ.
 
- މި މަޤާމަށް ކުރިމަތިލާ މީހުންގެ ތެރެއިން ހޮވޭ ފަރާތަކަށް މަޤާމު ހަމަޖައްސާނީ ތިރީގައިވާ ކަންތައްތަކަށް ބަލައިގެންނެވެ.
 
ü ތައުލީމާއި ތަމްރީނު.
ü މަސައްކަތު ތަޖުރިބާ.
ü މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމާއި ސިފަތައް.
އެހެނިހެން އުޖޫރައާއި ޢިނާޔަތްތައް:
- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ކަނޑައެޅިފައި އޮންނަ ޤަވާއިދުގެމަތިން، އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
 
ސުންގަޑި:
- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން 13 ނޮވެންބަރު 13 ވާ ބުރާސްފަތި ދުވަހުގެ 14.00 ގެ ކުރިން މި ސްކޫލަށް ފޯމް ހުށައަޅަންވާނެއެވެ. ވަޒީފާއަށް އެދި ހުށައަޅާ ފޯމާއެކު، ވަޒީފާއަށް އެދި ހުށައަޅަންޖެހޭ ލިޔުންތައް ފުރިހަމަވެފައި ނުވާނަމަ، އެސި ޓީ ބާޠިލުކުރެވޭނެއެވެ.
 
އިންޓަވިޔު ކުރެވޭނެ ތަނާއި ތާރީޚު:
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކާ އިންޓަވިޔުކުރުން އޮންނާނެ ތާރީޚާއި ގަޑި، އިޢުލާނުގެ މުއްދަތު ހަމަވާތާ 10 ދުވަހުގެ ތެރޭގައި އެފަރާތްތަކަށް އެންގޭނެއެވެ. އިންޓަރވިއު އޮންނާނީ، އަތޮޅު ކައުންސިލް އިދާރާގައެވެ.
 
މިހެންވެ، މިކަން އަންގައި އިޢުލާނުކުރީމެވެ.
8 މުޙައްރަމް 1436
