ދިވެހިރާއްޖެ
އިޢުލާން
މިނިސްޓްރީ އޮފް ހެލްތަށް ރާއްޖެއިން ބޭރުން ގެނެވޭ ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމާއި ވާރކް ޕާރމިޓް ހެލްތު ކަވަރ އަދި އިންޝުރެންސް ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރުމަށްޓަކައި 3 ލޯކަލް އެޖޭންސީ ހޯދުމަށް ކުރި ނަންބަރު: (IUL)23-PD(PMS)23/2022/501 (13 އޮކްޓޯބަރ 2022) އިޢުލާނާއި ގުޅިގެން އެޖެންސީތައް ރަޖިސްޓަރ ކުރުމުގެ ފުރުޞަތު 23 އޮކްޓޯބަރ 2022 ގެ މެންދުރުފަހު 13:00 ށް އިތުރުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ. މިއިއުލާނާއިއެކު އެޓޭޗްކުރެވިފައިވާ ރަޖިސްޓަރފޯމް ފުރުމަށްފަހު [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. ނަންބަރު: (IUL)23-PD(PMS)23/2022/477 (28 ސެޕްޓެމްބަރ 2022) އިޢުލާނާއި ގުޅިގެން ރަޖިސްޓަރ ކުރައްވާފައިވާ ފަރާތްތަކުން އިތުރަށް ރަޖިސްޓްރީވާން ނުޖެހޭނެ ވާހަކަވެސް ދެންނެވީމެވެ.
އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 31 އޮކްޓޯބަރ 2022 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.
20 ރަބީއުލް ޢައްވަލް 1444
