ދިވެހިރާއްޖެ
އިޢުލާން
މިނިސްޓްރީ އޮފް ހެލްތަށް ރާއްޖެއިން ބޭރުން ގެނެވޭ ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމާއި ވާރކް ޕާރމިޓް ހެލްތު ކަވަރ އަދި އިންޝުރެންސް ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރުމަށްޓަކައި 3 ލޯކަލް އެޖޭންސީ ހޯދުމަށް ކުރި ނަންބަރު: (IUL)23-PD(PMS)23/2022/477 (28 ސެޕްޓެމްބަރ 2022) އިޢުލާނާއި ގުޅިގެން މައުލޫމާތުޝީޓަށް ބައެއް ބަދަލުތައް ގެނެވިފައިވާތީ އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް 31 އޮކްޓޯބަރ 2022 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ބަދަލުކުރެވިފައިވާ ވާހަކަ މައުލޫމާތަށް ޓަކައި ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ. މިއިއުލާނާއިއެކު އެމެންޓްކުރެވިފައިވާ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 20 އޮކްޓޯބަރ 2022 ވާ ބުރާސްފަތި ދުވަހު ހެނދުނު 11:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
17 ރަބީއުލް ޢައްވަލް 1444
