ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޗީފް ކޮމިޝަނަރގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލުން

މި އިޢުލާންވަނީ 12 އޮކްޓޫބަރު 2022 16:56 ގައި ބާތިލް ކުރެވިފައެވެ.


ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޗީފް ކޮމިޝަނަރގެ މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ މަޤާމުތަކަށް ކުރިމަތިލުމަށް ހުޅުވާލަމެވެ.

މަޤާމުގެ ޝަރުޠު:

(1)   ދިވެހި ރައްޔިތަކު ކަމުގައި ވުން.

(2)   އިންސާފާއި ހަމަހަމަކަން ދަމަހައްޓައި ގުޅިގެން މަސައްކަތްކުރެވޭފަދަ މީހަކަށްވުން.

(3)   ޝަރުޢީ ބަންދެއްގައި ހުރި މީހަކު ކަމުގައި ނުވުން.

(4)   ޖިނާއީ ކުށެއްގެ  ތުހުމަތުގައި 15 ދުވަހަށްވުރެ ގިނަދުވަހުގެ މުއްދަތުގައި ޤާނޫނީ ބަންދެއްގައި ހުރި މީހަކަށް ނުވުން.

(5)   ސާބިތު ދަރަންޏެއް އޮވެ، ދަރަނި އަދާނުކުރާ މީހެއްކަމުގައި ނުވުން.

(6)   ޙަވާލު ކުރެވޭ މަސައްކަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރަން ވަގުތުދެވޭ އަދި ސްކައުޓް ޤާނޫނާއި ހަމަތައް ބަލައިގަނެ، ސްކައުޓް ޙަރަކާތުގެ ކުރިއެރުމަށައި، ތަރައްޤީއަށް ގުޅިގެން މަސައްކަތްކުރެވޭ ފަދަ މީހަކަށްވުން،

(7)   ސްކައުޓް ވަޢުދާއި ޤާނޫނު ދަމަހައްޓައި، ސްކައުޓްގެ ހަމަތަކާއި އުޞޫލާ އެއްގޮތަށް މަސައްކަތްކުރާ މީހަކަށްވުން.

(8)   ސްކައުޓް ލީޑަރަކަށްވުން.

(9)   ސްކައުޓް ލީޑަރެއްގެ ގޮތުގައި ގްރޫޕެއްގައި ނުވަތަ އެސޯސިއޭޝަންގައި މަދުވެގެން 3 އަހަރު މަސައްކަތްކޮށްފައިވާ މީހަކަށްވުން ނުވަތަ، ހިންގުމުގެ ދާއިރާގައި މަދުވެގެން 3 އަހަރުގެ ތަޖުރިބާ ހުރުން.

(10) ޢުމުރުން 25 އަހަރުން މަތީގެ މީހަކަށްވުން

(11) ސްކައުޓް ޙަރަކާތް ކުރިއަރުވައި ތަރައްޤީ ކުރުމުގެ ވިސްނުންހުރި، އަދި ޤައުމީ ސްކައުޓް ކައުންސިލް އާއި ޤައުމީ ސްކައުޓް އެސެންބްލީގެ ޖަލްސާތަކަށް ޙާޒިރުވެ މަސްއޫލިއްޔަތު އަދާކުރެވޭ މީހަކަށްވުން.

(12)ސްކައުޓް އެސޯސިއޭޝަންގެ ހިންގާ ޤާވާޢިދުގައި ޗީފް ކޮމިޝަނަރ ގެ މަޤާމުގައި ހުންނަ މީހަކު އަދާކުރަންޖެހޭކަމަށް ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރެވޭނެ މީހަކަށްވުން

މަޤާމުގެ މަސްއޫލިއްޔަތު: މި އިއުލާން އާއި އެކުގައިވާ ވަޒީފާގެ ބަޔާނުގައިވާ މަސްއޫލިއްޔަތުތަކުގެ އިތުރުން މި އެސޯސިއޭޝަންގެ ހިންގާ ގަވާއިދުގެ 26 ވަނަ މާއްދާގައި ޗީފް ކޮމިޝަނަރގެ މަސްއޫލިއްޔަތު ކަމުގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް

މަޤާމަށް މީހުން ހޮވުމުގައި ބަލާނެ މިންގަނޑު: ޗީފް ކޮމިޝަނަރގެ މަޤާމަށް މީހަކު ހޮވާނީ ޤައުމީ ސްކައުޓް ކައުންސިލުން ކަނޑައަޅާ ކޮމިޓީއަކުން، މި އެސޯސިއޭޝަނުން ތައްޔާރުކޮށްފައިވާ "ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ޗީފް ކޮމިޝަނަރ ހޮވުމާއި ޢައްޔަނު ކުރުމުގެ މިންގަޑުތަކާއި އުސޫލުތައް" އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

މަޤާމުތަކަށް ކުރިމަތިލާނެ ގޮތާއި ސުންގަޑި:

މަތީގައިވާ މަޤާމުތަކަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިއިޢުލާނާއެކުގައިވާ ފޯމާއި، ފޯމުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް 2022 އޮކްޓޫބަރ 19 ވަނަ ދުވަހުގެ 14:00 ގެ ކުރިން، [email protected]  އަށް ހުށަހެޅުއްވުން އެދެމެވެ.

12 އޮކްޓޫބަރު 2022
ހޯދާ