|
ވަޒީފާގެ ފުރުޞަތު
|
|
މަޤާމް:
|
އިންޖިނިއަރ (ކުއަންޓިޓީ ސަރވެޔަރ)
|
|
ވަޒީފާގެ ދާއިރާ:
|
ޕްރޮޖެކްޓްސް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް
|
|
ބޭނުންވާ ޢަދަދު:
|
01
|
|
މުސާރަ:
|
-/11,500ރ އާއި -/22,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)
|
|
ފެންވަރު ނުވަތަ ޝަރުޠު:
|
- ޕްރޮޖެކްޓްސް މެނޭޖްމަންޓް ދާއިރާއިން މާސްޓަރސް ލެވެލް ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއި އެކު މި ދާއިރާއިން މަދުވެގެން 02 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ؛
- ޕްރޮޖެކްޓްސް މެނޭޖްމަންޓް ދައިރާއިން ބެޗްލަރސް ލެވެލް ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއި އެކު މި ދާއިރާއިން މަދުވެގެން 07 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
|
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
- ކޮންސްޓްރަކްޝަން ޕްލޭންތައް ދިރާސާކޮށް ކުއަންޓިޓީ އަދަދުތައް ތައްޔާރުކުރުން.
- ރިސްކް އެސެސްމަންޓުތައް ހެދުމާއި ބަޗެޓް ތައްޔާރު ކުރުމާއި ބޭނުންވާ ރިޕޯޓްތައް ތައްޔާރުކުރުން.
- މެޓީރިއަލްސް ބޭނުންވާ އަދަދުތައް ބަލަހައްޓާ ބޭނުންވާ ހާލަތްތަކުގައި ތަކެއްޗަށް އޯޑަރ ކުރުން.
- މަސައްކަތް ކުރާ ސައިޓްތަކަށް ދިއުމާއި މެނޭޖަރުން އަދި ކުލަޔަންޓުނަށް ލަފާ އެރުވުން.
|
|
މަޤާމް:
|
ޕްރޮޖެކްޓް މެނޭޖަރ
|
|
ވަޒީފާގެ ދާއިރާ:
|
ޕްރޮޖެކްޓްސް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް
|
|
ބޭނުންވާ ޢަދަދު:
|
02
|
|
މުސާރަ:
|
-/11,500ރ އާއި -/22,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)
|
|
ފެންވަރު ނުވަތަ ޝަރުޠު:
|
- ޕްރޮޖެކްޓްސް މެނޭޖްމަންޓް ދާއިރާއިން މާސްޓަރސް ލެވެލް ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއި އެކު މި ދާއިރާއިން މަދުވެގެން 02 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ؛
- ޕްރޮޖެކްޓްސް މެނޭޖްމަންޓް ދާއިރާއިން ބެޗްލަރސް ލެވެލް ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއި އެކު މިދާއިރާއިން 07 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
|
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
- ޕްރޮޖެކްޓްތައް މޮނިޓަރކޮށް ބެލެހެއްޓުން.
- ކުންފުނީގެ ތަސައްވަރާއި އެއްގޮތަށް ޕްރޮޖެކްޓްތަކުގެ ކޮންސެޕްޓްތައް ޑިވެލޮޕްކުރުން.
- ޕްރޮޖެކްޓްތަކުގައި މަސައްކަތްކުރާ ފަރާތްތައް ޓީމްއެއްގެ ގޮތުގައި ގެންގުޅެ މަސައްކަތުގެ ވަގުތަށް ޕްރޮޖެކްޓްތައް ނިންމުން.
|
|
ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:
|
19 އޮކްޓޫބަރު 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން
|
|
ސުންގަޑި:
|
މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 19 އޮކްޓޫބަރު 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.
|
|
އިންޓަވިއު:
|
އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.
|
|
ހުށަހަޅަން ޖެހޭ ލިޔުން:
|
- ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
- ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ
|
|
އިތުރު މަޢުލޫމާތު:
|
- މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
- ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ނުވަތަ ޝަތުރު ހަމަވެ ޝޯޓްލިސްޓް ވާ ފަރާތްތަކާއި އިންޓަވިއުކޮށް ޝޯޓްލިސްޓް ވި ފަރާތްތަކުގެ ތެރޭގައި ވަޒީފާއަށް އެކަށީގެންވާ ފަރާތެއް ނެތް ނަމަ ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
|
|
16 ރަބީޢުލްއައްވަލް 1444
12 އޮކްޓޫބަރު 2022
|