ދިވެހިރާއްޖެ
މޯލްޑިވްސް މީޑިއާ ކައުންސިލުގެ 2022 ވަނަ އަހަރު ދޭން ހަމަޖެހިފައިވާ "ނޫސްވެރިކަމުގެ އެވޯޑް 2021" އިވެންޓް މެނޭޖްކުރާނެ ފަރާތެއް ހޯދަން ބޭނުންވާތީ، މި މަސައްކަތަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ކައުންސިލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
| 
 ޙަރަކާތް  | 
 ތަން  | 
 ތާރީޚު  | 
 ގަޑި  | 
| 
 މައުލޫމާތު ސާފުކުރުން  | 
 މޯލްޑިވްސް މީޑިއާ ކައުންސިލް  | 
 16 އޮކްޓޫބަރ 2022  | 
 11:00  | 
| 
 އަންދާސީހިސާބު ހުށަހެޅުން  | 
 މޯލްޑިވްސް މީޑިއާ ކައުންސިލް  | 
 19 އޮކްޓޫބަރ 2022  | 
 11:00  | 
އަދި ދަންނަވަމެވެ. "ނޫސްވެރިކަމުގެ އެވޯޑް 2021" ގެ އިވެންޓް މެނޭޖްކުރުމުގެ އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަތީގައި ދެންނެވިފައިވާ ތާރީޚުގައި މިކައުންސިލުން ބާއްވާ މަޢުލޫމާތު ސެޝަނުގައި ބައިވެރިވެލައްވާ ފަރާތްތަކަށެވެ.
ވީމާ، އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3003995 އަށެވެ.
14 ރަބީޢުލް އައްވަލް 1444
