ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"އަތްތެރި މަސައްކަތުގެ މަޢުރަޒު 2022" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ރަން އަހަރު ކުލަގަދަކޮށް ފާހަގަ ކުރުމުގެގޮތުން މިކައުންސިލުން ކުރިއަށްގެންދާ "އަތްތެރި މަސައްކަތުގެ މަޢުރަޒު 2022" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަމެވެ. މި މަޢުރަޒަކީ ފ. އަތޮޅުގެ ރައްޔިތުންނަށާއި، ފ. އަތޮޅުގައި ދިރިއުޅޭ ދިވެހިންނަށާއި، ފ. އަތޮޅުގައި ބިނާވެފައިވާ ކުލަބު ޖަމިއްޔާތަކަށާއި، އަމިއްލަ އަދި ސަރުކާރު ކުންފުނި އަދި ސަރުކާރުގެ މުއައްސަސާތަކަށް އަމާޒުކުރެވިފައިވާ މަޢުރަޒެކެވެ. މި މަޢުރަޒު ކުރިއަށްގެންދާނީ މި އިޢުލާނާއިއެކުގައިވާ "އަތްތެރި މަސައްކަތުގެ މަޢުރަޒު ކުރިއަށް ގެންދާނެގޮތުގެ އުޞޫލު 2022" ގައިވާ ގޮތަށެވެ. މަޢުރަޒު އޮންނާނީ 2022 އޮކްޓޫބަރު 21 ވާ ހުކުރު ދުވަހު ހަވީރު ފ. ނިލަންދޫގައެވެ.

މި މަޢުރަޒުގައި ބައިވެރިވެލައްވަން އެދޭފަރާތްތަކުން "މަޢުރަޒުގައި ބައިވެރިވުމަށް އެދޭ ފޯމު"، ތިރީގައިވާ ލިންކު މެދުވެރިކޮށް ފުރުއްވުން އެދެމެވެ.

ފޯމުގެ ލިންކް: http://tiny.cc/Mauraz

މި މަޢުރަޒުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުގެ ތެރެއިން، އުސޫލުގެ 04 ވަނަ މާއްދާގެ ދަށުން ވަނަ ހޮވުމުގެ ބައިގައި ބައިވެރިވެލައްވަން އެދޭނަމަ 2022 އޮކްޓޫބަރު 13 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ބައިވެރިވުމަށް އެދޭ ފޯމު ފުރުއްވަންވާނެއެވެ. އަދި އުޞޫލުގެ 08 ވަނަ މާއްދާގެ ދަށުން ވަކި ސްޓޯލް ހަދަން ބޭނުންފުޅުވާ ފަރާތްތަކުން 2022 އޮކްޓޫބަރު 18 ވަނަ ދުވަހުގެ 14:00 ގެ ކުރިން ފޯމު ފުރުއްވައި ފޮނުއްވަން ވާނެއެވެ.

10 ރަބީޢުލްއައްވަލް 1444

06 އޮކްޓޫބަރު 2022

06 އޮކްޓޫބަރު 2022
ހޯދާ