މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
މޯލްޑިވްސް އިމިގްރޭޝަންގެ ފަރާތުން 25 އޮކްޓޯބަރ 2022 އިން 26 އޮކްޓޯބަރ 2022 އަށް ހިންގުމަށް ހަމަޖެހިފައިވާ "ބޯރޑަރ ސެކިއުރިޓީ ސިމްޕޯސިއަމް" ބޭއްވުމަށްޓަކައި 150 މީހުންގެ ޖާގައިގެ ހޯލް އަދި ކޭޓަރިންގެ ޙިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

                         އިޢުލާން

ޕްރޮޖެކްޓް ނަންބަރު:  PC-942022W - 32

އަންދާސީ ހިސާބު ބޭނުންވެއްޖެ    

 

  1. މޯލްޑިވްސް އިމިގްރޭޝަންގެ ފަރާތުން 25 އޮކްޓޯބަރ 2022 އިން 26 އޮކްޓޯބަރ 2022 އަށް ހިންގުމަށް ހަމަޖެހިފައިވާ "ބޯރޑަރ ސެކިއުރިޓީ ސިމްޕޯސިއަމް"  ބޭއްވުމަށްޓަކައި 150 މީހުންގެ ޖާގައިގެ ހޯލް އަދި ކޭޓަރިންގެ ޙިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
  2. މިޕްރޮޖެކްޓާއި ގުޅޭ ލިޔެކިޔުންތައް މިއޮފީހުގެ ވެބްސައިޓް: www.immigration.gov.mv އިން 06 އޮކްޓޯބަރ 2022 ފެށިގެން ލިބެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
  3. މިޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 11 އޮކްޓޯބަރ 2022 ވާ އަންގާރަދުވަހުގެ 13:00ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. އަދި މިމުއްދަތު ހަމަވުމުން އެކިފަރާތްތަކުން ފޮނުވާފައިވާ ސުވާލުތަކަށް އެކުގައި ޖަވާބުދެވޭނެއެވެ. އަދި މިޖަވާބުތައް މައުލޫމާތު ޝީޓުގެ ބައެއްގެ ގޮތުގައި ވެބްސައިޓްގައި ޝާއިރު ކުރެވޭނެއެވެ.
  4. ބީލަން ހުށައެޅުން އޮންނާނީ 18 އޮކްޓޯބަރ 2022 ވާ އަންގާރަ ދުވަހުގެ 13:00އަށް މިއޮފީހުގެ ޕްރޮކިއުމަންޓް ސެކްޝަން (ވެލާނާގެ 01 ވަނަ ފަންގިފިލާ) އަށް ވަޑައިގެންނެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލާންތައް ހުންނަންވާނީ އެއްކަރުދާސްކޮށް، ސިޓީއުރައިގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. 
  5. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

މޯލްޑިވްސް އިމިގްރޭޝަން،

ވެލާނާގެ، 1 ވަނަ ފަންގިފިލާ،

އަމީރު އަހުމަދު މަގު، މާލެ، ދިވެހިރާއްޖެ.

ފޯން    : +960 3330470, +960 3330465

އީމެއިލް  : [email protected]

ކޮޕީ    : [email protected]

06 އޮކްޓޫބަރު 2022
ހޯދާ