ސިވިލް ކޯޓު
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުން

މި އިޢުލާންވަނީ 13 އޮކްޓޫބަރު 2022 09:49 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

  ޕްރޮޖެކްޓް ނަންބަރު: 02-2022-PR

 

 

  • މިކޯޓުގެ 5 އޭސީ މަރާމާތު ކުރުމުގެ މަސައްކަތް:

          މިކޯޓުގެ 5 އޭސީ މަރާމާތު ކުރުމަށް ކުރެވުނު ނަންބަރު: 144E/2022/1147 (28 ސެޕްޓެމްބަރ 2022) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މަލޫމާތު ސާފުކުރުމަށް ހާޒިރުވެފައި ނުވާތީ އެ އިޢުލާނު ބާތިލުކޮށް އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 2 ވަނަ ފަހަރަށް އަލުން އިޢުލާނުކުރަމެވެ.

  - ކުރަންޖެހޭ މަސައްކަތްތައް:

     01- މިކޯޓުގެ ގްރައުންޑު ފުލޯގައި މިހާރު ހުރި ސީލިންމައުންޓް އޭސީތަކުގެ ތެރެއިން 03 އޭސީއަށް ދިމާވެފައިވާ މައްސަލަ ބަލާ އެކަން ޙައްލުކުރުން.

     02- މިކޯޓުގެ ތާޑްފުލޯގެ ސައިކޮޓަރީގައި ބޭނުންކުރަމުންދާ ސީލިންމައުންޓް އޭސީއަށް ދިމާވެފައިވާ މައްސަލަ ބަލާ އެކަން ޙައްލުކުރުން.

     03- މިކޯޓުގެ އައިޓީ ސެކްޝަންގައި މިހާރު ހުރި ސީލިންމައުންޓް އޭސީތަކުގެ ތެރެއިން 01 އޭސީއަށް ދިމާވެފައިވާ މައްސަލަ ބަލާ އެކަން ޙައްލުކުރުން.

  ވީމާ މިމަސައްކަތާއިގުޅިގެން އިތުރަށް މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ 3008581 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 13 އޮކްޓޯބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރުން މިކޯޓުގެ ޕްރޮކިޔުމެންޓް ސެކްޝަންގެ މެއިލް: [email protected] އަށް ކޯޓޭޝަނާއިއެކު ދެންނެވިފައިވާ ޑޮކިއުމަންޓްސް މެއިލް ކޮށްދެއްވުން އެދެމެވެ. މިމުއްދަތުގެ ފަހުން ފޮނުވާ ކޯޓޭޝަން ބަލައެއްނުގަނެވޭނެއެވެ.

                  10 ރަބީޢުލްއައްވަލް 1444

                   06 އޮކްޓޯބަރ 2022

06 އޮކްޓޫބަރު 2022
ހޯދާ