ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ކާޕެންޓަރ, ޕްލަމްބަރ, މޭސަން, ލޭބަރަރ

ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ދާއިރާ:

ޓްރާންސްޕޯރޓް، ލޮޖިސްޓިކްސް އެންޑް ކޮންސްޓްރަކްޝަން ޑިޕާރޓްމަންޓް

މަޤާމް:

ޖެނެރަލް މެއިންޓެނަންސް އޮފިސަރ (ކާޕެންޓަރ)

ބޭނުންވާ ޢަދަދު:

03

މުސާރަ:

-/8,000ރ އާއި -/12,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

  • ގްރޭޑް 10 ނިންމާފައިވުން އަދި މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރޭވޭ ފަދަ ޢުމުރާއި ސިއްޙަތުގެ ގޮތުން އެކަށީގެންވުން.

ނުވަތަ؛

  • 03 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ މި ދާއިރާއިން ލިބިފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  • ކުންފުނީގެ އިމާރާތްތައް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް އިންސްޕެކްޓްކޮށް ކުރަންޖެހޭ މަރާމާތުތަކުގެ މަސައްކަތްތައް ސުޕަވައިޒަރ ގެ ލަފާގެ މަތިން ކުރިއަށްގެން ދިއުން
  • ވަޑާމުގެ މަސައްކަތްތައް ކުރުމަށް ބޭނުންވާ ޓޫލްސް އަދި އިކްއިޕްމަންޓްތައް މަރާމާތުކޮށް ސާފުކޮށް ބެލެހެއްޓުން.   
  • މަސައްކަތަށް ތައްޔާރުވުމުގެ  ގޮތުން، ބޭނުންވާ ތަކެތި ހަމައަށް ހުރިތޯ ބަލާ ޗެކްކުރުމަށްފަހު ސުޕަވައިޒަރަށް އަންގާ، ތަކެތި ހަމަކުރުން.
  • ކެބިނެޓް، ދޮރު، މޭޒު، ގޮނޑި ފަދަތަކެތި  ޑިޕާރޓްމަންޓްތަކުގެ ރިކުއަރމެންޓާ އެއްގޮތަށް ހެދުން
  • ކުންފުނީގެ އޮފީސް ފަރނިޗަރ މަރާމާތުކުރުން.
  • ސުޕަރވައިޒަރ ގެ އިރުޝާދުގެ ދަށުން ރޫޓިންގ އަދި ޕްރިވެންޓިވް މަސައްކަތްތައް ކުރުން.

މަޤާމް:

ޖެނެރަލް މެއިންޓެނަންސް އޮފިސަރ (ޕްލަމްބަރ)

ބޭނުންވާ ޢަދަދު:

03

މުސާރަ:

-/8,000ރ އާއި -/12,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

  • ގްރޭޑް 10 ނިންމާފައިވުން އަދި މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރޭވޭ ފަދަ ޢުމުރާއި ސިއްޙަތުގެ ގޮތުން އެކަށީގެންވުން.

ނުވަތަ؛

  • 03 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ މި ދާއިރާއިން ލިބިފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  • ކަޕްލިން، ކްލޭމްޕް، އިސްކުރު، ބޯލްޓް، ސިމެންތި، ޕްލާސްޓިކް ތެރަސް، ނުވަތަ ސޯލްޑަރިން، ބްރޭޒިން، އަދި ވެލްޑިންއާއި ތަފާތު އިކްވިޕްމަންޓް ބޭނުންކޮށްގެން ހޮޅީގެ ބައިތައް ގުޅުވުން.
  • ފެންވައިރު ނުވަތަ ފެންވައިރުކުރާ ތަކެތި ވައިން ނުވަތަ ފެނުން ޕްރެޝަރގޭޖްގެ އެހީގައި ލީކް ޓެސްޓްކޮށް، ލީކުވާ ތަންތަން ހޯދުން.
  • އިމާރާތުގެ ޕްލޭނަށާއި ތަން ރަނގަޅަށް ބަލައި ފެންވައިރުކުރަން ބޭނުންވާ ތަކެއްޗާއި ފެންވައިރު ކުރާނެގޮތް ކަނޑައެޅުމާއި، ކަރަންޓް ވައިރިންފަދަ ކަމަކަށް އަސަރު ނުކުރާނެގޮތަކަށް ހޮޅިއަޅާނެ ޕްލޭނެއް ހެދުން.
  • އިމާރާތުގައި ފެން ގުޅާފައިވާ ތަކެއްޗާއި، ކަނެކްޝަންތަކާއި ހޮޅި އަޅާފައިވާ ތަންތަން ފާހަގަކުރުން.
  • ފާޚާނާތަކަށާއި ވޯޓަރ ހީޓަރާއި ސިންކާއި، ފެންގުޅާ އެންމެހައި ތަކެއްޗަށް ފެންބަންދާއި ފިޓިންގްސް ހިމަނައިގެން ހޮޅިއަޅައި ފެންވައިރުކުރުން.
  • ހޮޅިއާއި ފިޓިންގްސް ލައްވަންޖެހޭ ތަންތަން ކެނޑުމާއި، ފާރުގައްޔާއި ސީލިންގުގައި ހޮޅި ހަރުކުރާ ސަޕޯޓް ހަރުކުރުން.
  • ފެންއިސްކުރު، ފެންކަރު، ފެންބަންދު، ވަސަރާއި ފަޅައިގެންދާ ހޮޅި ބަދަލުކުރުމާއި، ބެދޭ ޑްރެއިން ސާފުކޮށް، މިތަކެތި މަރާތުކޮށް ބެލެހެއްޓުން.
  • ފާޚާނާ ނިޒާމުގެ އިތުރުން، އަޑިން ހޮޅިލައްވައިގެން ފެންގުޅަންޖެހޭ ސިސްޓަމްތަކަށް ފެންވައިރު އެޅުން.

މަޤާމް:

ޖެނެރަލް މެއިންޓެނަންސް އޮފިސަރ (މޭސަން)

ބޭނުންވާ ޢަދަދު:

03

މުސާރަ:

-/8,000ރ އާއި -/12,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

  • ގްރޭޑް 10 ނިންމާފައިވުން އަދި މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރޭވޭ ފަދަ ޢުމުރާއި ސިއްޙަތުގެ ގޮތުން އެކަށީގެންވުން.

ނުވަތަ؛

  • 03 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ މި ދާއިރާއިން ލިބިފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  • ރޭނުމާއި ރާނާފައިވާ ތަންތަނަށް ގެންނަންޖެހޭ ބަދަލު ގެނައުމާއި، މަރާމާތުގެ މަސައްކަތާއި، ފާރުތަކާއި ގަލާއި ހިލަ އަތުރައިގެން ހަދާފައިވާ ތަންތަން ދެމެހެއްޓުމުގެ މަސައްކަތް ކުރުން.
  • އިމާރާތުގެ ފާރުތަކުގައި ހަލާކުވާ ތަންތަން ގަލާއި ސިމެންތި ބޭނުންކޮށްގެން ހެދުން.
  • ފާޚާނާތަށި، މޫނުދޮންނަތަށި ހަރުކޮށް ބަދަލުކުރުމާއި، ފާޚާނާ، ފާރު، ތަޅުން، ބަދިގެއާއި އަދި އެނޫންވެސް ތަންތަނުގައި ތަށިމުށި ޖެހުމާއި، ހަލާކުވެގެން ބަދަލުކުރަންޖެހޭ ތަށިމުށި ބަދަލުކުރުން.
  • ރާނާ ސިމެންތި ޖެހުމާއި، ޕުޓީގެ މަސައްކަތާއި، ކުލައާއި ދަވާދުލުން.

މަޤާމް:

ޖެނެރަލް މެއިންޓެނަންސް އޮފިސަރ (ލޭބަރަރސް)

ބޭނުންވާ ޢަދަދު:

06

މުސާރަ:

-/8,000ރ އާއި -/12,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

  • ގްރޭޑް 10 ނިންމާފައިވުން އަދި މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރޭވޭ ފަދަ ޢުމުރާއި ސިއްޙަތުގެ ގޮތުން އެކަށީގެންވުން.

ނުވަތަ؛

  • 03 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ މި ދާއިރާއިން ލިބިފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  • މާލޭގައި އެއްތަނުން އަނެއްތަނަށް އުފުލާ ޖަނަރޭޓަރ، ޓްރާންސްފޯރމަރ ކަހަލަ ތަކެތި އުފުލާއިރު ލައިސަން ލުމާއި އެހެނިހެން މަސައްކަތުގައި އެހީތެރިކަން ދިނުން
  • ޖަނަރޭޓަރ، ޓްރާންސްފޯރމަރ ކަހަލަ ތަކެތި ބޭލުމުގަޔާއި އަދި ޕަވަރހައުސްއަށް ގެންދިޔުމުގައި އެހީތެރިކަން ދިނުން
  • އައިލެންޑް ޕަވަރހައުސްތަކުގެ ބޭނުމަށް ރަށުތެރޭގައި ވަޅުލާ ހައިވޯލްޓޭޖް ކޭބަލް ވަޅުލުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

06 އޮކްޓޫބަރު 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 06 އޮކްޓޫބަރު 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv  ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

04 ރަބީޢުލްއައްވަލް 1443

01 އޮކްޓޫބަރު    2022

01 އޮކްޓޫބަރު 2022
ހޯދާ