ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ. ކުޑަފެންރަހާ (މާވަށް ފަޅުތެރެ) ވަގުތީގޮތުން ބެލެހެއްޓުން ޙަވާލުކުރުމާއި ގުޅޭ

ލ. ކުޑަފެންރަހާ (މާވަށް ފަޅުތެރެ) ވަގުތީގޮތުން ބެލެހެއްޓުން ޙަވާލުކުރުމާއި ގުޅޭ:

 

މިއިދާރާގެ ބެލުމުގެ ދަށުގައިއޮތް ތިރީގައި މިދަންނަވާ ފަޅުރަށް ވަގުތީގޮތުން ބެލެހެއްޓުމަށް ޝައުގުވެރިވެލައްވާ ފަރާތް ތަކުން އެކަމަށްއެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިކަމާއިގުޅޭ މަޢުލޫމާތު ކަރުދާސް އަދި ފަޅުރަށް ވަގުތީ ގޮތުން ބެލެހެއްޓުން ހަވާލުވުމަށް އެދި ހުށަހަޅާ ފޯމު މި އިޢުލާނާއި އެޓޭޗް ކުރެވިފައިވާނެއެވެ.

 

#

ރަށް

ބިޑު ހުށަހެޅުމާއި ބިޑު ކެނޑުން

01

ކުޑަފެންރަހާ (މާވަށް ފަޅުތެރެ)

16 އޮކްޓޫބަރު 2022، އާދީއްތަ ދުވަހުގެ 10:30

 

ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ކުލި ބަޔާންކުރުމާއިއެކު ފަޅުރަށް ވަގުތީގޮތުން ބެލެހެއްޓުން ޙަވާލުވުމަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކުރައްވައިގެން 16 އޮކުޓޫބަރު 2022 އާދީއްތަ ދުވަހުގެ 10:30 އަށް މި ކައުންސިލް އިދާރާއަށް ވަޑައިގެންދެއްވުމަށް ދަޢުވަތު އަރުވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6800713  ފޯނާއި ގުޅުއްވުން އެދެމެވެ.

04 އޮކްޓޫބަރު 2022
ހޯދާ